ކޯވިޑް އުޅޭތީ މަރޮއްޓަށް އަރައި ފޭބުން މަނާކޮށްފި

ށ. މަރޮށީގައި ކޯވިޑް ފެތުރޭތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، މަރޮށީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ...

25 Oct 2021 | 18:21

ށ. މަރޮށީގައި ކޯވިޑް ފެތުރޭތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، މަރޮށީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ. މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި މަރޮއްޓަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

އެ ރަށުން އެންމެ ފުރަތަމަ ކޯވިޑަށް ޕޮސިޓިވްވެފައިވަނީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހެކެވެ.

މަރޮށީ ސިއްހީ މަރުކަޒުން ބުނެފައިވާ ގޮތުގައި އޭނާގެ ކޮންޓެކްޓުންގެ ތެރެއިން އިތުރު ހަ މީހަކު މިހާރު ވަނީ ޕޮސިޓިވްވެފައިވެ އެވެ. އަދި އެ ކޭސްތަކާއި ގުޅިގެން70 މީހުން ކަރަންޓީން ކޮށްފައިވެ އެވެ.

ބަލި ފެތުރޭތީ ކޯވިޑް ކޮންޓްރޯލް ކުރުމަށްމިވަގުތު25 ރަށެށް މޮނިޓަރިންގެ ހާލަތުގައި އެބަ އޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް