އިންޑިއާގެ އޮޑިޓާ ޖެނެރަލް މުރްމު ރާއްޖޭގައި

އިންޑިއާގެ އޮޑިޓާ ޖެނެރަލް ގިރީޝް ޗަންދްރަ މުރްމު ނައިބު ރައީސް ފައިސަލް ނަސީމާއި ބައްދަލު ކުރައްވައިފި އެވެ. ރައީސްއޮފީހުގަ ބޭއްވި މިބައްދަލުވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ނައިބު ރައީސް ވަނީ ...

25 Oct 2021 | 18:11

އިންޑިއާގެ އޮޑިޓާ ޖެނެރަލް ގިރީޝް ޗަންދްރަ މުރްމު ނައިބު ރައީސް ފައިސަލް ނަސީމާއި ބައްދަލު ކުރައްވައިފި އެވެ.

ރައީސްއޮފީހުގަ ބޭއްވި މިބައްދަލުވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ނައިބު ރައީސް ވަނީ އޮޑިޓާއި ގުޅުންހުރި އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން އިންޑިއާގެ މުރްމޫ ފަދަ ތަޖުރިބާކާރު ބޭފުޅަކު ދެއްވިކަމަށްޓަކައި ޝުކުރުއަދާކުރައްވާފަ ކަމަށެވެ.

އަދި އެމަނިކުފާނު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތައް ފާހަގަ ކުރައްވާ ހާއްސަކޮށް ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މި ބައްދަލުވުމުގައު މުރްމޫ ވިދާޅުވީ ރާއްޖޭގެ ބައެއް އިދާރާތަކުގެ މީހުން ބިނާކުރުމަށް ނުވަތަ ތަމްރީނުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ އޮތީ ތައްޔާރަށް ކަމަށެވެ. އަދި ޚާއްޞަކޮށް ހެޔޮވެރިކަން ކުރިއަށް ގެންދިއުމަށާއި، ޞިއްޙީ އަދި ތަޢުލީމީ ދާއިރާ އިން މީހުން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިދާނެކަމުގައި އެބޭފުޅާ ވިދާޅުވިއެވެ.

https://twitter.com/mvpeoplesmajlis/status/1452557942608183298

ނައިބު ރައީސް އާއި ބައްދަލުކުރެއްވުމުގެ ކުރިން މުރްމު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވާފަ އެވެ.

އިންޑިއާގެ އޮޑިޓާ ޖެނެރަލް ރާއްޖެއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީހާއި ދެމެދު ޕަބްލިކް ފައިނޭންސިން އޮޑިޓިންގެ ދާއިރާ ވަރުގަދަ ކުރުމަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް