ޤައުމީ ސަލާމަތާއި ސިޔާދަތު ހިމާޔާތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ޤައުމީ ވާޖިބެއް: އަލީ ވަހީދު

ޤައުމީ ސަލާމަތާއި ސިޔާދަތު ހިމާޔާތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ޤައުމީ ވާޖިބެއް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ. އަލ...

25 Oct 2021 | 17:47

ޤައުމީ ސަލާމަތާއި ސިޔާދަތު ހިމާޔާތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ޤައުމީ ވާޖިބެއް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.

އަލީ ވަހީދު މިފަދައިން ޓްވީޓު ކުރައްވާފައިމިވަނީ އުތުރުތިލަފަޅު (ޔޫޓީއެފް) ގެ އެއްބަސްވުން އުވާލަން ގޮވާލައި އިދިކޮޅު ޕާޓީގެ ގުޅިފައިވާ ކޯލިޝަން ޕީޕީއެމް އަދި ޕީއެންސީން މިއަދު ބަޔާނެއް ނެރަފައިވާ ދަނޑިވަޅެއްގަ އެވެ.

އަލީ ވަހީގެ ޓްވީޓުގައި ވިދާޅުވެފައިވަނީ "ޢަލީ ރާޖާ، މަލާބާރުން، ހޮޅިންނާއި ޕިޗޯރުންނަށްވުރެ އަދުގެ ސަރުކާރުގެ ‘ޗޯރުން’ ގެ ސިޔާދަތުގެ ވިސްނުން ކޮށިވެ، އަހާއި ލަޤަން ވިއްކާލުމަކީ ޤައުމަށް ދެވޭނެ އެންމެ ބޮޑު އަނިޔާ." ކަމަށެވެ. އަދި "އެއްބަސްވުން ޢާންމުކުރޭ!" އެވެ.

https://twitter.com/ali20waheed/status/1452689142786166785

ޖިންސީ ގޯނާގެ ތުހުމަތުގައި ވަޒީރުކަމުން ވަކިކޮށްފައިވާ އަލީ ވަހީދު މިފަހަކަށް އައިސް އަންނަނީ ސަރުކާރާ އިދިކޮޅު ވަރަށް ގިނަ ވާހަކަތައް ދައްކަވާ، ބަހުގެ ހަމަލާތައް ވެސް ރައްދު ކުރައްވަމުން ނެވެ. އަދި ސަރުކާރު ބޭޒާރުވާނޭފަދަ އެތައްކަމެއް ހާމަކުރައްވާނެ ކަަމަށް ވިދާޅުވެ، ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް "މާބޮޑަށް އޮށްޓަރުހުރި" ވާހަކަތަކެއް ހާމަވިތަނެއް ނުފެނުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް