ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިދިކޮޅު ޕީޕިއެމް ޕީއެންސީ ކޯލިޝަންގެ އިސް ވެރިންނާއި ބައްދަލު ކުރައްްވައިފި އެވެ.
މި ބައްދަލުވުން އޮތީ މަޖިލީހުގެ އިދާރާގައި އެވެ. އިދިކޮޅުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި އާދަމް ވިދާޅުވީ މިއަދު ނަޝީދު އާއި އެކު ބޭއްވީ ބައްދަލުވުމެއް ކަމަށެވެ. އެއްވެސް މަޝްވަރާއެއް އެ ބައްދަލުވުމުގައި ނުކުރާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދާއި އަދި ސަރުކާރާއި އެކު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ސިޔާސީ އެއްވެސް މަޝްވަރާއެއް ކުރާނީ އިދިކޮޅު ލީޑަރު އަދި2023 ގެ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު އަބްދު ޔާމީން މިނިވަން ކުރުމުން ކަމަށެވެ. އަދި އެގޮތަށް ނަޝީދަށް ދެންނެވި ކަމަށްވެސް ވިދާޅުވި އެވެ.
https://twitter.com/Adamshareefz/status/1452567322569297922
މި ބައްދަލުވުމުގެ ފަހުން ރައީސް ނަޝީދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއިވެސް ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުން އޮތީ ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި އެވެ.
އަދި އިއްޔެ އެމަނިކުފާނު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއިވެސް ބައްދަލު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް