އިންޑިއާއަށް އެތެރެވާ ފަތުރުވެރިން ކަރަންޓީނުވާން ނުޖެހޭގޮތަށް ނިންމައިފި އެވެ.
އެގައުމުގެ ސަރުކާރާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ މި ގޮތަށް ނިންމި ކަމުގައިވީނަމަވެސް އިންޑިއާއަށް އެތެރެވާއިރު ނެގެޓިވް ޕީސީއާރް ޓެސްޓެއް ގެންނަން ޖެހޭ ކަމަށެވެ.
ވެކްސިން ޖަހާފައި ނުވާ ފަތުރުވެރިން ނުވަތަ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައި ނުވާނަމަ، އެއަރޕޯޓްގައި މަޑުކޮށް ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭގޮތަށް ނިންމާފައިވާ އިރު، ހަތް ދުވަސްވަންދެން ގޭގައި ކަރަންޓީނު ވާން ޖެހޭ ގޮތަށް ވެސް ވަނީ ނިންމާފަ އެވެ. އަދި އަށްވަނަ ދުވަހު ހަދާ ޓެސްޓަކީ ނެގެޓިވް ޓެސްޓެއްކަމުގައި ނުވާނަމަ، އިތުރު ހަތް ދުވަހަށް މަޑުކޮށް ޓެސްޓެއް ހަދަން ޖެހޭ ގޮތަށް ވެސް ވަނީ ނިންމާފަ އެވެ.
އިންޑިއާއަށް އެތެރެވާއިރު ގެންނަ ނެގެޓިވް ޓެސްޓް ނަތީޖާއަކީ ސައްޙަ އެއްޗެއް ކަން ލިޔުމުން ބަޔާން ކުރަން ޖެހޭ އިރު، ދޮގު މައުލޫމާތެއްކަން ސާބިތު ވެއްޖެނަމަ ޖިނާއީ ތަހުގީގެއް ހިންގޭނެ ކަމަށް ވެސް ސަރުކާރާ ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް