ފާއިތުވި 24 ގަޑި އިރު 149 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ފާއިތުވި 24 ގަޑި އިރު 149 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޕޮޒިޓިވްވެފައިވަނީ މާލެއިން 39 މީހުންނ...

25 Oct 2021 | 17:20

ފާއިތުވި 24 ގަޑި އިރު 149 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޕޮޒިޓިވްވެފައިވަނީ މާލެއިން 39 މީހުންނާއި އަތޮޅުތެރެއިން 85 މީހުންނާއި ރިސޯޓުތަކުން 25 މީހުން ކަމަށެވެ.

މިއާއެކު ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 87،071 އަށް ވަނީ އަރާފަ އެވެ.

މި ބައްޔަށް ރާއްޖެއިން ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން ފާއިތުވި 24 ގަޑިއިރު 123 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، ރާއްޖެއިން ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން 85،268 މީހުން ވަނީ ރަނގަޅުވެފަ އެވެ.

ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން މިވަގުތުއަންނަނީ 1،550 މީހުން ނެވެ. އަދި 22 މީހަކު އެނދުމަތިކޮށްގެން ފަރުވާ ހޯދަމުން އަންނަކަމަށް އެޗްޕީއޭ ގެ ތަފާސް ހިސާބުން ދައްކައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 240 މީހަކު ވަނީ ނިޔާވެފަ އެވެ. އެއީ 223 ދިވެހީންނާއި 17 ބިދޭސީން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް