ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އެމްޓީސީސީން ބުނީ އެ މަސައްކަް ފެށުމަށް އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފަ ވާ ކަމަށެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫގެ ދަށުން 40 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖަހާނެ ކަމަށެވެ.
އަދި 200 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީންނެވެ.
މިއީ 9.16 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް