މިފަހަރު ފާޑުކިޔުން ޝާހިދަށް، ގޯސްވީ ރާއްޖޭގެ ޗުއްޓީއާ ގުޅޭގޮތުން ބުނެވުނު އެއްޗެއް!

މިދިޔަ ހަފްތާގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބޮލީވުޑްގެ ބަތަލް ޝާހިދު ކަޕޫރުގެ އާއިލާގެ ހަބަރުތައް އެކިގޮތް ގޮތަށް ދަނީ އިންޑިއާގެ ނޫސްތަކުން ޖާގަ ހޯދަމުންނެވެ. އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައ...

25 Oct 2021 | 15:05

މިދިޔަ ހަފްތާގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބޮލީވުޑްގެ ބަތަލް ޝާހިދު ކަޕޫރުގެ އާއިލާގެ ހަބަރުތައް އެކިގޮތް ގޮތަށް ދަނީ އިންޑިއާގެ ނޫސްތަކުން ޖާގަ ހޯދަމުންނެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ހުރިހާ ނޫސްތަކުން ކޮންމެ ދުވަހަކުވެސް ޝާހިދާއި އަންހެނުން މީރާ ރާޖްޕުޓްގެ އިންސްޓަގްރާމް ބަލައިގެން ހަބަރު ނުހަދާ ދުވަހެއް ނުދެ އެވެ. ރާއްޖެއިން ޗުއްޓީ ނިންމާފަ ދިޔަ ދުވަހު އެއާއިލާގެ ވާހަކަ ފަލަ ސުރުހީތަކަށް އެރީ މީރާ ލައިގެން ހުރި ސޯޓު ކުރުވެގެންނެވެ.

މިއަދު އަނެއްކާވެސް ރާއްޖޭ ދަތުރާއި ގުޅޭގޮތުން ހަބަރު ނުޖަހާނެ ވަރެއް ނުވި އެވެ. ޝާހިދުވެސް ރާއްޖޭ ޗުއްޓީ ދަތުރު މަތިން ހަމަ ހަނދާން ވަނީ އެވެ.

ޝާހިދު މިއަދު ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގައި ހޭދަކުރީ ޗުއްޓީއެއް ކަމަށެވެ. މިފަދަ ހިތްގައިމު މާހައުލުގައި ލޯބިވާ މީހުން ކައިރީގައި ތިބިނަމަ އެއީ އެއްވެސް އެއްޗެއް ނޫން ކަމަށެވެ. މިފަދަ ޗުއްޓީތަކަށް ފޯނާއި އެނޫންވެސް އެއްޗެއް ބޭނުން ނުވާ ކަމަށް ބުންޏެވެ.

ހަމައެކަނި ބޭނުންވަނީ އުފާވެރިކޮށް ހުރުން ކަމަށް ޝާހިދު ބުންޏެވެ. އޭނާ ވަނީ އެފަދަ އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގައި އެއްކޮށް ބައިވެރިވެ ހަނދާންތަކެއް އެއްކޮށް ދިނީތީ މީރާއަށް ޝުކުރު އަދާކޮށްފަ އެވެ.

https://www.instagram.com/p/CVca4WhLjoO/

މި ޕޯސްޓު ގޯސްވީ ޝާހިދު ލޯބިވާ މީހުން ކައިރީގައި ތިބި ނަމަ މިފަދަ ޗުއްޓީއެއް ހޭދަކޮށްލުމަކީ އެއްވެސް ކަމެއް ނޫން ކަމަށް ސިފަވާގޮތަށް ލިޔެފައި އޮތުމުންނެވެ. ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރާ މީހުން ބުނީ ޝާހިދުމެންނަށް މިލިއަނެއްހާ އިންޑިއަން ރުޕީސްވެސް އެއްޗަކަށް ނުވާނެ ކަމަށެވެ.

އެހެން މީހަކު ބުނީ އޭނާ އެފޮޓޯ ފިނޮޅުގައި ނަގަން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރާނެ ކަމަށެވެ. އެހެން ކަމުން އެއްވެސް އެއްޗެއް ނޫން ކަމަށް ބުނުމުން ނިކަމެތިންނަށް ކުޑައިމީސް ބަހެއް ބުނެވެނީ ކަމަށްވެސް ބައެއް މީހުން ސިފަކޮށްފަ އެވެ.

ބޮލީވުޑްގެ ތަރިން ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން މާގިނައިން އަންނާތީ އިންޑިއާގައި ވަރަށްބޮޑަށް ފާޑުކިޔަ އެވެ.

ހާއްސަކޮށް މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ކޯވިޑްގައި ޖެހި އިންޑިއާގެ ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވެފައިވަނިކޮށްވެސް ގައުމު ހުޅުވާލުމާއި އެކު ބޮލީވުޑް ތަރިން އަގުބޮޑު ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަން އަންނާތީ އެއްޗެހި ކިޔުމުގެ އިތުރުން މަލާމާތްވެސް ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް