މ. މުލީގައި ތަރައްގީ ކުރަމުންދާ މީމު އެއަޕޯޓުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް އެ މަސައްކަތް ކުރާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަޢުލޫމާތު ދެއްވައިފިއެވެ.
އެމްޓީސީސީ އިން ހާމަ ކުރި ގޮތުގައި މިހާރު ކުރިއަށް ދަނީ އެއަރޕޯޓުގެ ފަޔަރ ބިލްޑިންގްގެ ފައުންޑޭޝަން ބީމްގެ މަސައްކަތްތަކެވެ. އެގޮތުން އެ މަސައްކަތް މި ހަފްތާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި ދެން ފަށަން ހަމަޖެހިފައިވަނީ ފަޔަރ ބިލްޑިންގްގެ ކޮލަމްތަކުގެ މަސައްކަތް ކަމުގައި ބުނެފައި ވެއެވެ.
މި މަޝްރޫގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރުގެ ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމު ކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ޤާއިމު ކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ 221.7 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް