ނ. ކެނދިކުޅުދޫގައި ހާލު ދެރަވި ގުޑުގުޑާ ދޫންޏެއް މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ގުޑުގުޑާ ދޫންޏަކީ އެ ރަށު އައްސޭރިފަށާ މިއަދު ގާތް ކުރި އިރުވެސް ހާލު ދެރަކަމަށް ފާހަގަކުރެވުނު ގުޑުގުޑާ ދޫންޏެކެވެ.
އެރަށުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ބައެއް ފަރާތްތަކުން ބުނެފައިވާގޮތުގައި އެ ދޫންޏަކީ މިއަދު ހެނދުނު އެރަށު އައްސޭރިފަށާ ގާތްކުރި ދޫންޏެކެވެ. ގާތްކުރިއިރުވެސް އޭގެ ހާލު ދެރަކަން ފާހަގަވި ކަމަށާއި އެހެންވެ އެކަން ރަށު ކައުންސިލު މެދުވެރިކޮށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި ހިއްސާކުރި ކަމަށެވެ. އަދި އީޕީއޭގެ އިރުޝާދުގެ ދަށުން ކަންކަންކުރި ކަމަށްވެސް އެ ރަށުން މައުލޫމާތުދިން ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
މި ގުޑުގުޑާ ދޫނި މަރުވުމުން އެކަންވެސް އީޕީއޭއަށް ރަށުކައުންސިލުން މިހާރު އަންގާފައިވާކަމަށްވެސް އެރަށުން ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް