ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ބައްދަލު ކުރައްވައިފި އެވެ.
މިބައްދަލުވުން އޮތީ މިއަދު މެންދުރު ފަހު އެވެ. ގާސިމާއި ބައްދަލު ކުރެއްވުމަށް ނަޝިދު ވަނީ އދ. އަތޮޅުގައި އޮންނަ ވިލާ ގްރޫޕުގެ ސަން އައިލެންްޑް ރިސޯޓަށް ވަޑައިގެންފަ އެވެ.
ނަޝީދު ރިސޯޓަށް ވަޑައިގެންނެވުމަށް މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ގާސިމް އެވެ. ސަން އައިލެންޑަށް ވަޑައިގެން ގާސިމް ވަނީ ނަޝީދުގެ ޝަރަފުގައި މެންދުރުގެ ފަރިއްކޮޅެއް ބާއްވާފަ އެވެ.
https://twitter.com/alisolih/status/1452592140932960257
ނަޝީދު އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވާފަ އެވެ. އަދި މިއަދު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މަޖިލީސް މެމްބަރުންނާއިވެސް ބައްދަލު ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް