ވީއައިއޭގައި ހުންނަ ޑިއުޓީ ފްރީއަށް ސްޓާރ ސްޓޯރީ އޭޝިއާ ޕެސިފިކް އެވޯޑު ލިބިއްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ހުންނަ ޑިއުޓީ ފްރީއަށް ސްޓާރ ސްޓޯރީ އޭޝިއާ ޕެސިފިކް ލިބިއްޖެ އެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕްނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މި ފިހާރައަށް ލިބުނު މި އ...

25 Oct 2021 | 12:11

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި ހުންނަ ޑިއުޓީ ފްރީއަށް ސްޓާރ ސްޓޯރީ އޭޝިއާ ޕެސިފިކް ލިބިއްޖެ އެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕްނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މި ފިހާރައަށް ލިބުނު މި އެވޯޑަކީ ޓްރެވަލް ރީޓެއިލަރުންނަށް ދޭ ޚާއްސަ އެވޯޑެކެވެ.

ޑިއުޓީ ފްރީގެ ބެކް އޮފީސް އެންޑް މާޗެންޑައިޒިންގ ޓީމަށް ލިބުނު މި އެވޯޑު ދިނުމުގެ ހަފުލާ ބާއްވާފައިވަނީ ވަރޗުއަލް ކޮށްނެވެ.

ޓްރެވަލް ރީޓެއިލް އިންޑަސްޓްރީގެ މަސައްކަތްތައް އެންމެ ގާތުން ބަލައި މޫޑީ ޑޭވިޓް ރިޕޯޓުން އިންތިޒާމުކޮށްގެން ދޭ ޓްރެވަލް ރީޓެއިލް ސްޓަރ އެވޯޑަކީ ޓްރެވަލް ރީޓެއިލް މަަސައްކަތް ކުރާ ފަރާތްތަކަށް ދޭން ފެށި އެންމެ ފުރަތަމަ އެވޯޑެވެ.

މިއީ އެއަރޕޯޓުތަކާއި، ކްރުއިޒްތަކާއި އެއަރލައިންތަކަށް ޚާއްސަކޮށް ދޭ އެވޯޑެކެވެ.

https://twitter.com/DutyfreeMaldive/status/1451158132655210496

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް