އިޓަލީގެ ނިއޯސް އެއަރލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި އެވެ.
އެ އެއަރލައިންގެ ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއެއްގެ ވެސް އާދީއްތަ، ހޯމަ އަދި އަންގާރަދުވަހު އެވެ. މިއީ އިޓަލީގެ މިލާން އާއި ރޯމުން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރާ ދަތުރުތަކެކެވެ.
މި ދަތުރުތަކުގައި ބޭނުން ކުރާނީ 350 ޖާގައިގެ މަތިންދާ ބޯޓުތަކެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް މަސައްކަތްކޮށްފައިވަނިކޮށް އެކަމަށް މަޑުޖެހުމެއް އައީ މުޅި ދުނިޔެއަށް މެދުވެރިވި ކޮވިޑުގެ ބަލިމަޑުކަމެެވެ.
ކުރިއަށް އޮތް ފިނިމޫސުމާ ދިމާކޮށް މި އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، އިޓަލީއަކީ ފަތުރުވެރިކަމުގައި ރާއްޖެއަށް މުހިންމު މާކެޓެކެވެ.
ފައިބެއަހަރު ހަތަރު ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިޓަލީން ނެވެ. އެގޮތުން 46،690 ފަތުރުވެރިން އެގައުމުން ވަނީ ރާއްޖެ އައިސްފަ އެވެ. އަދި އޭގެކުރީ އަހަރު 136،343 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް