އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް އޮކްޓޯބަރ 31 ގައި ހުށަހަޅަނީ

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް އޮކްޓޯބަރ 31 ގައި ހުށަހަޅަން ނިންމައިފި އެވެ. 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވާ އިރު، އަންނަ އަހަރު ދައުލަތަށް ލ...

25 Oct 2021 | 10:00

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް އޮކްޓޯބަރ 31 ގައި ހުށަހަޅަން ނިންމައިފި އެވެ.

37 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވާ އިރު، އަންނަ އަހަރު ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކޮށްފައިވަނީ 23.6 ބިލިއަން ރުފިޔާ އެވެ.

އެއީ ޓެކްސްގެ ގޮތުގައި ލިބޭ 14.7 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން ގޮތުގައި ލިބޭ 5.3 ބިލިއަން ރުފިޔާ އެވެ.

ބަޖެޓުގެ ރިކަރެންޓް ޚަރަދުގެ ގޮތުގައި 21.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 10.5 ބިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، އާމްދަނީ ހޯދުމަށް އަލަށް ތައާރަފްކުރާ ކަންކަމުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 1.3 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު ދަރަނި 10.2 ބިލިއަން ރުފިޔާއަށް އަރާއިރު، މިނިމަންވޭޖް ދިނުން ތަންފީޒުކުރަން ފެށުމާއެކު އިތުރަށް 500 މިލިއަން ރުފިޔާ އެކަމުގެ ސަބަބުން ހޭދަކުރަން ޖެހޭނެ ކަމަށް ވެސް ސަރުކާރުން ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް