ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްގެ އަނބިކަނބަލުން ޝަޖާން މުއާޒަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
މި މައްސަލަ ތަހުގީގުކޮށް ނިންމައި ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. ދައުވާކޮށްދިނުމަށް ފުލުހުން އެދުނީ ހައިތަމްގެ ކުރީގެ އަންހެނުން ނަޖުމާ މޫސާ އާއި ކުރީގެ ދޮންދަރި ދިފްލާ ޖުނައިދާއި ދެކޮޅަށެވެ.
"ދުވަސް"އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ދެ މީހަކަށްް ދައުުވާ ކުރުމަށް ފުލުހުން އެދުނު ނަމަވެސް އިތުރަށް ބެލުމަށް ފަހު ދައުވާ ކުރަން ނިންމީ އޭގެ ތެރެއިން އެކަކާއި ދެކޮޅަށް ކަމަށެވެ. އެމީހާ އާއި ދެކޮޅަށް ދައުވާ އުފުލުމަށް މިއަދު ފޮނުވީ ހުޅުމާލޭ މެޖިސްޓްރޭޓ ކޯޓަށް ކަމަށް ވިދާޅުވި އެވެ.
ދެމައިން ހައިތަމްގެ ދެމަފިރިކަނބަލުންނަށް ހަމަލާދިނީ މިދިޔަ ޖޫން މަހުގެ ތެރޭގައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލައިގަ ދައުވާ އުފުލީ ހައިތަމްގެ ކުރީގެ ދޮންދަރި ދިފްލާ އާއި ދެކޮޅަށެވެ.
ދިފްލާވަނީ އެދުވަހު ހަޑިހުތުުރު ބަހުން އެއްޗެހި ކިޔައި ހައިތަމަށް އިންޒާރު ދީފަވައިވާކަމަށްވެ އެވެ. އަދި ހައިތަމްގެ އަނބިކަނބަލުން މާބަނޑުވެފައި ހުއްޓާ ބަޑުގައި ކޮޅުފައިން ޖަހައި މާރާމާރީ ހިންގަން އުޅުނެވެ.
ހައިތަމާއި ޝަޖާން ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ތެރޭގަ އެވެ. އޭގެ ކުރިން އޭނާ އާއި ނަޖުމާ ވަނީ ވަރިވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް