ސޫދާން ސިފައިން އެ ގައުމުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް ހައްޔަރުކޮށްފި އެވެ.
ބޮޑުވަޒީރު ހައްޔަރުކޮށް ގޭގައި ބަންދުކޮށްފައިވާކަން ހާމަ ކުރީ ސޫދާންގެ އިންފޮމޭޝަން މިނިސްޓްރީންނެވެ. އޭނާ ހައްޔަރު ކުރީ ގޭގައި އުޅުއްވަނިކޮށް ސިފައިން އެ ގޭދޮށް ވަށާލުމަށް ފަހު އެވެ.
ސޫދާންގެ އަލް ހަދަތް ޓީވީން ރިޕޯޓު ކުރާ އެގައުމުގައި ގިނަ މިނިސްޓަރުންތަކެއްވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރި މިނިސްޓަރުންގެ ތެރޭގައި އިންޑަސްޓްރީ މިނިސްޓަރާއި ގަވަރުނަރު ހިމެނެ އެވެ.
މި ބޭފުޅުން ހައްޔަރުކޮށްފައިވަނީ އަސްގަރީ ބަޣާވާތެއް ގެންނަން އުޅެ އެކަން ކާމިޔާބު ނުވުމުންނެވެ. ސޫދާންގެ މިހާރުގެ ސަރަކާރާއި މެދުު އަސްކަރިއްޔާއިން ހިތްހަމަ ނުޖެހިގެން އުޅޭތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ސޫދާން ސިފައިން މިހާރު ހިންގަން ފަށާފައިވާ ސަރުކާރާއި ދެކޮޅު ހަރަކާތްތަކުގައި މިއަދު ފަތިހުން ފެށިގެން ވެރިރަށް ޚުރުތޫމްގެ މަގުތަކަކަށް ވަނީ ނުކުމެފަ އެވެ. އަދި އެކި ސަރަހައްދުތައް ބަންދުކޮށް އާންމުން މަގުމައްޗަށް ނުކުތުން ދަނީކޮންޓްރޯލް ކުރަމުންނެވެ.
ސިފައިންގެ ހަރަކާތްތައް ހުރި ގޮތަށް ބަލާއިރު، ގައުމުގެ ވެރިކަން ސިފައިންގެ ބާރުގެ ދަށަށް ގެންދަން އުޅޭ ކަމުގެ މަންޒަރުތަކެއް ފެންނާތީ، އަސްކަރީ އިންގިލާބެއް ގެނައުން ހުއްޓުވުމަށްޓަކައި އާންމުން މަގުތަކަށް ނުކުމެ އަޑު އުފުލުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވައިލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް