ދޮން މީހަކަށް ކަޅުމީހެއްގެ މައްޗަކަށް ތަޤުވާވެރިކަމުން މެނުވީ މަތިވެރިކަމެއް ލިބިގެނެއްނުވޭ!

ދޮންމީހަކަށް ކަޅުމީހެއްގެ މައްޗަކަށް އަދި ކަޅުމީހަކަށް ދޮން މީހެއްގެ މައްޗަށް ތަޤުވާވެރިކަމުން މެނުވީ މަތިވެރިކަމެއް ލިބިގެންއްނުވާކަން އަޅުގަނޑުމެންގެ މާތް ރަސޫލާ محمد صلى الله عليه وسلم އިސްލާމީ އުއ...

25 Oct 2021 | 08:41

ދޮންމީހަކަށް ކަޅުމީހެއްގެ މައްޗަކަށް އަދި ކަޅުމީހަކަށް ދޮން މީހެއްގެ މައްޗަށް ތަޤުވާވެރިކަމުން މެނުވީ މަތިވެރިކަމެއް ލިބިގެންއްނުވާކަން އަޅުގަނޑުމެންގެ މާތް ރަސޫލާ محمد صلى الله عليه وسلم އިސްލާމީ އުއްމަތަށް ކުރެއްވި ޙައްޖަތުލްވަދާޢުގެ މަތިވެރި ޚުޠުބާގައި ބަޔާންކޮށްދެއްވާފައިވެއެވެ.

أيها الناس إن ربكم واحد وإن أباكم واحد كلكم لآدم وآدم من تراب أكرمكم عند الله أتقاكم، وليس لعربي على عجمي فضل إلا بالتقوى

ކީރިތި ރަސޫލާ އިސްލާމީ އުންމަތައް ކުރެއްވި އެންމެ ފަހުގެ ވަޞިއްޔަތް ކަމުގައިވާ ޙައްޖަތުލްވަދާޢުގެ މަތިވެރި ޚުތުބާގައި ހަދީސް ކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.

"އޭ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކަލާނގެއީ އެއްކައުވަންތަ ކަލާނގެއެވެ. ތިޔަބައިމީހުން އެންމެންގެ ބައްޕައަކީ އެކެކެވެ. ތިޔަބައިމީހުން އެންމެންނީ އާދަމްގެ ދަރިންނެވެ. އަދި އާދަމްގެފާނު ހައްދަވާފައިވަނީ މަށީންނެވެ. ހަމަކަށަވަރުން اللهގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑި ތިޔަބައިމީހުންކުރެ އެންމެ ތަޤުވާވެރި ވާމީހާއެވެ. ޢަރަތްބަކަށް ޢަޖަމީއެއްގެ މައްޗަކަށް އަދި ޢަޖަމީއަކަށް ޢަރަތްބެއްގެމައްޗަކަށް އަދި ކަޅުމީހަކަށް ދޮންމީހެއްގެ މައްޗަކަށް އަދި ދޮންމީހަކަށް ކަޅުމީހެއްގެ މައްޗަކަށް ތަޤުވާވެރިކަމުން މެނުވީ މަތިވެރިކަމެއް ލިބިގެނެއް ނުވެއެވެ."

މި ބަސްފުޅުން އިސްލާމްދީނުގައި އިންސާނާގެ މާތްކަމާއި އިންސާނާއަށް ލިބިދީފައިވާ ހަމަހަމަކަން އެނގިގެން ހިނގައްޖެއެވެ.

އިސްލާމްދީނުގެ އަލިކަން ދުނިޔެއަށް ފެތުރިގެން ދިއުމާއިއެކު ޖާހިލިއްޔަ ޒަމާނުގެ އަނިޔާވެރިކަން ނެތި ގޮސް އިންސާނުންގެ މެދުގައި ހަމަހަމަކަމާއި އެކު އަމަލު ކުރެވެން ފެށުނެވެ.

އިންސާނުންގެ ހަމަހަމަ ކަމާއި ގުޅޭގޮތުން އެއްވެސް ދީނެއްގައި ހަމަހަމަ ކަން ލިބިދީފައި ނުވާ މިންވަަރަށް އަޅުގަނޑުމެންގެ އިސްލާމް ދީނުގައި ހަމަހަމަ ކަން ލިބިދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް