ޓެކްސީ ޑްރައިވަރަށް ވަޅިން ބިރުދައްކައި ފައިސާތަކެއް ފޭރިއްޖެ

މާލޭގައި ޓެކްސީ ޑްރައިވަރަކަށް ބިރު ދެއްކުމަށް ފަހު ފައިސާތަކެއް ފޭރިގެންފި އެވެ. ޑްރައިވަރަށް ބިރު ދެއްކީ ޓެކްސީއަސް ދަތުރަކަށް އެރި ދެމީހެކެވެ. އެ ދެމީހުން އެރީ މާލެއިން ހުޅުމާލެއަށް ދިއުމަށެވެ. ފުލ...

25 Oct 2021 | 07:55

މާލޭގައި ޓެކްސީ ޑްރައިވަރަކަށް ބިރު ދެއްކުމަށް ފަހު ފައިސާތަކެއް ފޭރިގެންފި އެވެ.

ޑްރައިވަރަށް ބިރު ދެއްކީ ޓެކްސީއަސް ދަތުރަކަށް އެރި ދެމީހެކެވެ. އެ ދެމީހުން އެރީ މާލެއިން ހުޅުމާލެއަށް ދިއުމަށެވެ.

ފުލުހުން ބުނީ މަޖީދީމަގުން ހުޅުމާލެއަށް ދާން ޓެކްސީއެއް ނެގި ދެ މީހަކު ބިރު ދައްކައި ފައިސާ ފޭރިގަތް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ހުށަހެޅީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެމީހާ އަތުން 700 ރުފިޔާ ފޭރިގަނެގެން އެމީހުން ޓެކްސީން ފޭބީކަމަށް ފުލން ބުނެ އެވެ.

އެކަމަކު މި މައްސަލައިގަ މީހަކު ހައްޔަރެއްނުކުރެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް