ހިފައި ފިޔަކޮށާލައި ވިއްކަން އުޅުނު ގުޑުގުޑާ ދޫނީގެ ހާލު ރަނގަޅު ނޫންކަމުަގައި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
އީޕީއޭއިން މިހެން ބުނެފައިވަނީ ރޭގައި ކުރި ޓްވީޓެއްގައެވެ.
ގުޑުގުޑާ މި ދޫންޏަކީ މޫސުމީ ބަދަލާއެކު ރާއްޖެ ޒިޔާރަތްކުރި މިފަދަ ދޫނި އައިނަކަށް ނިސްބަތްވާ ދޫންޏެކެވެ. އުތުރުގެ ރަށަކުނުް މި ދޫނި ހިފައި، ފިޔަ ކޮށާލައި، ވިއްކަން އިއުލާނުކުރިއެވެ.
އީޕީއޭގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ރިހިބިލިޓޭޓް ކުރަން ޅ. މާކޯ ކުޅީގައި ސިފައިންގެ ބެލުމުގެ ދަށުން ޖަނަވާރުންގެ ޑޮކްޓަރެއް ހަމަޖައްސައިގެން ފަރުވާ ދެމުން އައި ނަމަވެސް ގުޑުގުޑާ ދޫނީގެ ސިއްހަތު ރަނގަޅު ވަމުން ނާންނަކަން ހިތާމަ އާއި އެކު ފާހަގަކުރާކަމަށެވެ.
އިތުރަށް ބުނެފައިވަނީ ގުޑުގުޑާ ދޫނި ފަދަ ދޫނިތަކަކީ ވަރަށް ނާޒުކު ދޫނިތަކެއް ކަމަށާއި މިފަދަ ގޮތަަކަށް ހިފާ ހައްޔަރުކޮށް ގޯނާ ކުރުމުން އެ ދޫނީގެ ޠަބީއަތާ އެއްގޮތަށް މަސައްކަތް ނުކުރާނެކަމަށެެވެ.
ގުޑުގުޑާ ދޫނި ހިފާ ވިއްކަން ބައެއް ފަރާތްތަކުން މަސައްކަތް ކޮށް ފައި ވަނީ ހިޖުރަކުރާ ދޫނި ހިފާ ވިއްކުމަކީ މަނާ ކަމެއްކަން އީޕީއޭ އިން ހަނދާންކޮށްދީފައި ވަނިކޮށެވެ.
އެހެންކަމުން ގުޑުގުޑާ ދޫނި ހިފާ ވިއްކަން އިއުލާން ކުރި ފަރާތްތައް ހޯދުމުގެ މަސައްކަތުގެ ތެރެއިން މިމަހުގެ 21 ވަނަ ދުވަހު ފުލުހުންގެ ތަހުގީގަށް ވަނީ ގުޑުގުޑާ ދޫނި ހިފި ފަރާތެއް ދެނެގަނެވިފައެވެ. އަދި ގުޑުގުޑާ ދޫނި އޭނާގެ އަތުން އަތުލައި ސަރުކާރުގެ ބެލުމުގެ ދަށައް ގެނައި އިރު ވަނީ އެސޮރަށް އުދުހިގެން ނުދެވޭ ވަރަށް އޭގެ ފިޔަގަނޑު ކޮށާލާފައެވެ.
ދިވެހިރާއްޖޭގެ ޤާނޫނުގައި ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާއިމެދު ޤާނޫނު ނަމްބަރު 93/4 ގެ ދަށުން ހެދިފައިވާ ތިމާވެށްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދާއި ޤުދުރަތީ ގޮތުގައި ޙިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާއި ބެހޭ ޤަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭނެ ވާހަކަ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް