މިއަދަކީ ބައިނަލްއަގްވާމީ ޕާސްތާ ދުވަސް

އެކި އެކި ތާރީހުގައި ބައިނަލްއަގްވާމީ އެކި އެކި ދުވަސް ފާހަގަކުރަމުން އަންނައިރު މިއަދަކީވެސް ހާއްސަ ދުވަހެކެވެ. މިއަދަކީ ބައިނަލްއަގްވާމީ ޕާސްތާ ދުވަހެވެ. ބައިނަލްއަގްވާމީ ޕާސްތާ ދުވަހުގެ ގޮތުގައި އަ...

25 Oct 2021 | 03:20

އެކި އެކި ތާރީހުގައި ބައިނަލްއަގްވާމީ އެކި އެކި ދުވަސް ފާހަގަކުރަމުން އަންނައިރު މިއަދަކީވެސް ހާއްސަ ދުވަހެކެވެ. މިއަދަކީ ބައިނަލްއަގްވާމީ ޕާސްތާ ދުވަހެވެ.

ބައިނަލްއަގްވާމީ ޕާސްތާ ދުވަހުގެ ގޮތުގައި އަދުގެ ތާރީހް ކަމުގައިވާ 25 އޮކްޓޯބަރު ފާހަގަކުރަން ނިންމީ 1995 ވަނަ އަހަރުގައެވެ. އެ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕާސްތާ އުފައްދާ 40 ކުންފުންޏަކުން ނުވަތަ ބްރޭންޑަކުން ބައިނަލްއަގްވާމީ ޕާސްތާ ކޮންގްރެސްގެ ނަމުގައި ކޮންގްރެސްއެއް ބޭއްވިއެވެ. އެއަށް ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ޕާސްތާ ދުވަހުގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ.

މި ހިނގާ 2021 ވަނަ އަހަރު، ދުނިޔެ ފާހަގަ މި ކުރަނީ ބައިނަލްއަގްވާމީ 26 ވަނަ، ޕާސްތާ ދުވަހެވެ. ދުވަހުގެ ކިޔުންތެރިންނަށް ބައިނަލްއަގްވާމީ ޕާސްތާ ދުވަހުގެ ހެޔޮ އެދުން އަރިސްކުރަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް