އިންޑިއާ ސިފައިން ކަޝްމީރުގައި ޒުވާނަކު މަރާލި މައްސަލައެއް ބަލަނީ

ޖަންމޫ ކަޝްމީރުގެ އިންޑިއާ ފަޅީގައި އިންޑިއާ އަސްކަރިއްޔާ އާއި ކަޝްމީރުގެ މިނިވަން ކަމަށް ގޮވާލާ މީހުންނާއި ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކުގައި ގުޅުން ނެތް މީހަކަށް އަސްކަރިއްޔާއިން ހަމަލާދީ މަރާލ...

25 Oct 2021 | 02:43

ޖަންމޫ ކަޝްމީރުގެ އިންޑިއާ ފަޅީގައި އިންޑިއާ އަސްކަރިއްޔާ އާއި ކަޝްމީރުގެ މިނިވަން ކަމަށް ގޮވާލާ މީހުންނާއި ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކުގައި ގުޅުން ނެތް މީހަކަށް އަސްކަރިއްޔާއިން ހަމަލާދީ މަރާލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އުމުރުން 19 އަހަރުގެ ޝާހިދު އަހުމަދު ރަތާ ނަމަކަށް ކިޔާ އެ ޒުވާނާ މަރާލީ އިންޑިއާ ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި އެވެ. ސިފައިން ބުނީ އޭނާއަށް ހަމަލާ ދިނީ ހަނގުރާމައިގަ ބައިވެރިވެ އެމީހުންނާއި ދެކޮޅަށް މަސައްކަތް ކުރުމުން ކަމަށެވެ.

މިކަމާއި ގުޅިގެން އާއިލާގެ ފަރާތުން ޝާހިދުގެ ބޭބެ މީޑިއާގައި ބުނީ އެ ވާހަކަ ގަބޫލު ނުކުރާނެ ކަމަށެވެ. އެއީ ޝާހިދަކީ ޔުނިވާސިޓީގައި ކިޔަވަމުން އާފަލު ބާޒާރަށް ނެރުމުގެ މަސައްކަތް ކުރާ މީހެއް ކަމަށާއި ހަނގުރާމައިގަ ބައިވެރިވާން އޭނާ ނުދާނެ ކަމަށެވެ.

ބޭބެ ބުނީ ޝާހިދު މަރާލުގެ އެއް ދުވަސް ކުރިން ދެމީހުން ފޯނުން ވާހަކަ ދައްކައި އަނެއް ދުވަހު އެއްކޮށް ގެއަށް ދާން ނިންމާފައިވާ ކަމަށެވެ. ޝާހިދު މަރާލިކަން އެނގުނީ އަނެއް ދުވަހު ހަބަރެއް ނުވެގެން ގުޅުމުން ފޯނު ނުނެގުމުން ހުއްޓަ މީހަކު ގުޅާފައި އެންގުމުން ކަމަށެވެ.

ފޯނުން މައުލޫމާތު ދިން މީހާވެސް ބުނީ އޭނާ ގަޔަށް ބަޑިޖަހައި މަރާލީ މަގުމަތީގައި ހިނގާފައި ދަނިކޮށް ކަމަށް ޝާހިދުގެ ބޭބެ މީޑިއާގައި ބުނެފައިވެ އެވެ. އައިލާއިން ބުނީ އަދިވެސް ޝާހިދުގެ ހަށިގަނޑު އެމީހުންނާއި ހަވާލު ނުކުރާ ކަމަށާއި މިފަހަކުން އިންޑިއާ ސިފައިން މަރާލާ ކަޝްމީރު ރައްޔިތުންގެ ޖަނާޒާ އަވަށުގައި ބޭއްވުމުގެ ފުރުސަތު އެމީހުން ނުދޭ ކަމަށެވެ.

އެފަދަ ހަމަލާތަކުގައި މަރުވާ މީހުންގެ ހަށިގަނޑު ގެންދަނީ މީހުން އުޅޭ ސަރަހައްދާ ވަރަށް ދުރަށެވެ. އަދި ޖަނާޒާ ކަންތައް ކުރިޔަށް ގެންދަނީ އާއިލާ ބައިވެރި ނުކޮށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އާއިލާގެ މި ތުހުމަތުތަކާއި ގުޅިގެން ކަޝްމީރު ފުލުހުން ވަނީ ޝާހިދު މަރުވި މައްސަލައިގަ ކަން ހިނގާދިޔަގޮތް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކަޝްމީރުގައި އިންޑިއާ ސިފައިންނާއި ދެކޮޅަށް ހަމަލާތައް ދެމުން މިދަނީ ޔޫނިއަން ހޯމް މިނިސްޓަރު އަމިތް ޝާހު ކަޝްމީރަށް ވަޑައިގެން އުޅުއްވާތީ އެވެ. އޭނާ ކަޝްމީރަށް ވަޑައިގަތުމާއި ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 12 މީހުން ވަނީ މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް