އިނގިރޭސި މަޝްހޫރު ކޮމިޑީ ޑްރާމާ ސިލްސިލާ "ފްރެންޑްސް" އިން މަޝްހޫރުވި ޖޭމްސް މިއިކަލް ޓައިލާ މަޝްހޫރު ނަމުންނަމަ ގުންތާ މަރުވެއްޖެ އެވެ.
އުމުރުން 59 އަހަރުގައި ޓައިލާ މަރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާގެ މެނޭޖަރު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޓައިލާ މަރުވީ އެމެރިކާގެ ލޮސްއެންޖަލިސްގައި ހުންނަ އޭނާގެ ގޭގައި އަމާން ކަމާއިއެކު ކަމަށެވެ.
ބަޔާނުގައި ޓައިލާގެ ރަނގަޅުކަން ފާހަގަކޮށް ބުނެފައިވަނީ އެންމެ ފަހަރަކުވެސް އޭނާ އާއި ބައްދަލުވެ ރަހުމަތްތެރިކަން ބޭއްވިއްޖެ ނަމަ އޭނާ އެ ގުޅުން އުމުރު ދުވަހަށް ހަނދާން ބަހައްޓާނެ ކަމަށެވެ. އޭނާ ވަނީ ކެންސަރާއި ހަނގުރާމަ ކުރަމުން އެ ބައްޔަށް މީހުން ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ ކަމަށް ބުންޏެވެ.
ޓައިލާއަށް ކެންސަރު ޖެހުނީ 2018 ވަނަ އަހަރު އެވެ. ފުރަގަސް ފަރާތަށް ޖެހުނު ކެންސަރު ފަހުން ވަނީ ހަށިގަނޑުގެ ހުރިހާ ކަށްޓަކަށް ޖެހިފަ އެވެ.
ޓައިލާ އަކީ ކާމިޔާބު "ފްރެންޑްސް" ޑްރާމާ ސިލްސިލާއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެކްޓަރެކެވެ. އޭނާ މަރުވުމާއި ހަމައަށްވެސް އޭނާއަށް އެ ސިލްސިލާއިން ލިބުނު މަޝްހޫރުކަން ފަނޑުވެފައެއް ނުވެ އެވެ.
އަދި ކެންސަރު ޖެހުން ފަހުންވެސް އޭނާ ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފަވެ އެވެ.
އެ ސިލްސިލާގައި އޭނާ ފެނިގެން ދިޔައީ ކޮފީ ޝޮޕެއްގެ ވެއިޓަރަކާއި މެނޭޖަރެއްގެ ރޯލުންނެވެ. އަދި އެ ސިލްސިލާގައި އޭނާ އުޅެނީ އަބަދުވެސް ޖެނިފާ އެނިސްޓޮން (ރިޗަލް) ދެކެ ވާ ލޯބިން އަޅައިގަނެގެން ނުނެއްޓިގެންނެވެ.
ޓެއިލާ ވަނީ 1994-2004 އަށް ދެއްކި "ފްރެންޑްސް" ގެ 150 އެޕިސޯޑުގައި ފެނިގެން ގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް