ބޮލީވުޑްގެ ބަތަލާ އަދި މަޝްހޫރު ނެށުން ތެރިޔާ ނޯރާ ފަތޭހީ މަނީ ލޯންޑަރިންގެ މައްސަލައިން ބޯ ދަމައިގެންނަން އުޅުނަސް އެކަން ވާނެ ގޮތެއް ނެތް ކަމަށް މި މައްސަލައިގަ ހައްޔަރުކޮށްފައިވާ ސުކޭޝް ޗަންދްރަސޭކަރްގެ ގާނޫނީ ވަކީލު ބުނެފި އެވެ.
މިއީ ސުކޭޝް މުއްސަނދި މީހެއްގެ އަންބެއްގެ އަތުން އޮޅުވާލައިގެން200 ކްރޯޑު ރުޕީސް ހޯދި މައްސަލައިގަ ކުރިޔަށް ގެންދާ ތަހުގީގެކެވެ. މި މައްސަލައިގެ ތުހުމަތުގައި ސުކޭޝް އާއި އޭނާގެ އަންހެނުން ލީނާ މާރިއާ ޕައުލް ވަނީ ހައްޔަރުކޮށްފަ އެވެ.
މި މައްސަލައިގަ ނޯރާ ވަނީ މަނީ ލޯންޑަރިންގެ މައްސަލަ އާއި އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. އަދި މީގެ ކުރިން މި މައްސަލައިގަ ފުލުހުންނަށް ބަޔާން ދީފައިވާނެ ކަމަށާއި ކުރިޔަށް އޮތްތާވެސް ތަހުގީގަށް ފުލުހުންނަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.
މައްސަލައިން ރެކެއް އޭނާ މަސައްކަތް ފެށުމުން ސުކޭޝްގެ ކޯޓަށް ހާޒިރުކުރި ގަޑީ މީޑިއާއަށް ބުނީ ނޯރާ މި މައްސަލައިން ރެކެން މަސައްކަތް ކުރާއިރު އޭނާއަށް އަގުބޮޑު ކާރެއް ހަދިޔާއަކަށް ދީފައިވާނެ ކަމަށެވެ. އަދި ހަދިޔާ ނުލިބޭތޯ ނޫސްވެރިން ނޯރާ ކައިރީ ސުވާލު ކުރުމަށް ސުކޭޝް އެދުނެވެ.
ސުކޭޝްގެ ގާނޫނީ ވަކީލު ބުނީ ނޯރާއަށް ސުކޭޝް ހަދިޔާއަކަށް ދިން އަގުބޮޑު ކާރަނީ އެ200 ކްރޯޑް ރުޕީސްއިން ގަނެފައިވާ އެއްޗެއް ކަމަށެވެ. އެހެން ކަމުން އޭނާއަށް މައްސަލައިން ބޯދަމައި ނުގަނެވޭނެ ކަމަށެވެ.
މި މައްސަލައިގަ ތެރޭގައި ސުކޭޝް ހަފުސްވަމުންދާ ވަރަކަށް އޭނާ ދަނީ ނޯރާ އާއި ބޮލީވުޑްގެ ބަތަލާ ޖެކޮލިން ފެނާންޑޭސްވެސް ވައްދަމުންނެވެ. މިދިޔަ އޮގަސްޓު މަހު މައްސަލައިގަ ޖެކޮލިން އާއި ސުވާލު ކުރުމުން އޭނާވެސް ވަނީ މަނީ ލޯންޑަރުންގެ މައްސަލަ އާއި ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ.
އެހެންވެ ސުކޭޝްގެ ގާނޫނީ ވަކީލު ވަނީ މައްސަލަ އާއި ގުޅުން ނެތް ނަމަވެސް ޖެކޮލިން އާއި ސުކޭޝް ލޯބީގެ ގުޅުން ހިންގާފައިވާތީ މަނީ ލޯންޑަރިންގެ މައްސަލައިގަ ހޯދި ކަމަށް ބުނާ ފައިސާއިން ޖެކޮލިންއަށް ހަރަދުކޮށްފައިވާނެ ކަމަށް ބުނެފަ އެވެ.
އެކަމަކު ޖެކޮލިން ވަނީ އޭނާ އާއި އެކު ލޯބީގެ ގުޅުމެއް ބޭއްވި ކަމަށްވެސް އިންކާރު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް