އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ފުރަތަމަ ފަހަރަށް ޓްރީޓޮޕްގައި ކާމިޔާބު ކަމާއެކު ކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް 20 އޮކްޓޫބަރު 2019ވަނަ ދުވަހު މިހޮސްޕިޓަލުގައި ކާމިޔާބީއާއެކު ކޮށްފިއެވެ. މިއޮޕަރޭޝަންކޮށްފައިވަނީ ރާއްޖެބައްޔަށް...

25 Oct 2019 | 11:18

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް 20 އޮކްޓޫބަރު 2019ވަނަ ދުވަހު މިހޮސްޕިޓަލުގައި ކާމިޔާބީއާއެކު ކޮށްފިއެވެ.

މިއޮޕަރޭޝަންކޮށްފައިވަނީ ރާއްޖެބައްޔަށް ފަރުވާ ކުރަމުންދާ 29 އަހަރުގެ ބޭފުޅަކަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވާގޮތުގައި މިއޮޕަރޭޝަން ކުރުމަށް ހަރަކާތްތެރިވެފައިވަނީ ކަށީގެ އޮޕަރޭޝަނަށް ޚާއްސަ ޑޮކްޓަރުން، ޑރ. ކަންނިރާޖް މަރިމުތު، އަދި ޑރ. ޑޭވިޑް މޮންޓިނެގްރޯ އަދި ޑރ. ހުސެއިން ފައިސަލްއެވެ. މިބޭފުޅުންގެ އިތުރުން އަމަލީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހޭނައްތާ ޑޮކްޓަރ ޑރ. ވޮރަން ކަބަލާ އަދި ހުނަރުވެރި ނަރުހުންގެ ޓީމެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކަށީގެ ޚާއްސަ ޑޮކްޓަރުންނަކީ ތަޖުރިބާކާރު އަދި ހުޅުތައް ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމުގައި ވަރަށް ގާބިލް ބޭފުޅުން ކަމަށާއި އަދި މި އޮޕަރޭޝަން ކުރުމުގައި ޓްރީ ޓޮޕްގެ ޑޮކްޓަރުން ބޭނުން ކުރައްވަނީ އެންމެ ޒަމާނީ ވަސީލަތްތައް ކަމުގައި އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ކަށީގެ ހާއްސަ ޑޮކްޓަރުންނަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 09:00 ން ހަވީރު 06:00 އެޕޮއިންޓްމަންޓް ލިބިލައްވާނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް ކޮންޓެކްޓް ސެންޓަރ ނަމްބަރު 3351610 ގުޅުއްވާ ނުވަތަ އޮންލައިން ގެސްޓް ޕޯޓަލް https://guest.treetophospital.com އިހްތިޔާރު ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް