އިމިގްރޭޝަނުން ބުނީ އިރްފާން ރާއްޖެ ނާންނަ ކަމަށް، އެކަމަކު މާރާމާރި ވީޑިއޯއިން އޭނާ ފެނޭ: ކޮމިޝަން

ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރޭ ހޯދަން އިއުލާނުކުރި މ. ކުރިރުއްގެ އިރުފާން ރުޝްދީ ރާއްޖެ އިން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގ...

25 Oct 2019 | 09:07

ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ރޭ ހޯދަން އިއުލާނުކުރި މ. ކުރިރުއްގެ އިރުފާން ރުޝްދީ ރާއްޖެ އިން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގްރޭޝަނުން ބުނެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިފްރާން ހޯދަން އިއުލާން ކުރީ 2016ވަނަ އަހަރުގެ ތެރޭގައި މާލޭގައި ހިނގާދިޔަ މާރާމާރީއެއްގައި 14 އަހަރުގެ ދެ ކުދިން މަރުވެފައިވާ މައްސަލައިގެ ތެރެއިން ފާތިރު މުހައްމަދުގެ މައްސަލައިގައެވެ.

މަރު ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނީ 2015 ގައި އިރުފާން ރާއްޖެ އިން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގްރޭޝަނުން ބުނާ ކަމަށެވެ. ނަމަވެސް 2016 ވަނަ އަހަރު އެ މާރާމާރީ ހިންގިއިރު އޭނާ އެތަނުގައި އުޅޭތަން ސީސީޓީވީ ފްޓޭޖުން ފެންނަ ކަމަށް ކޮމިޝަނުން ބުނެ އެވެ.

https://twitter.com/DdcomMdv/status/1187605785137704960?s=20

އިރްފާން ހޯދުމަށް 2016ވަނަ އަހަރު ފުލުހުންވެސް ވަނީ އިއުލާނުކޮށްފައެވެ. އެހެންނަމަވެސް އޭނާ ފެނިފައެއް ނުވެއެވެ. އެހެންކަމުން މަރު ކޮމިޝަނުން ވަނީ އިރުފާން ހޯދައި ދިނުމަށް އާއްމުންގެ ކިބައިން އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް