އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް ބަޔާން ނެރުންވެސް އެމްޑީޕީގެ ކައުންސިލަރުންނަށް މަނާ !

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން އިސްލާމްދީނަށާއި ކީރިތި ރަސޫލާ، މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓް ކުށްވެރިކޮށް ނޫސްބަޔާން ނެރުންވެސް އެމްޑީޕީގެ ކައުންސިލަރުންނަށް މަނާކު...

25 Oct 2019 | 08:59

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން އިސްލާމްދީނަށާއި ކީރިތި ރަސޫލާ، މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓް ކުށްވެރިކޮށް ނޫސްބަޔާން ނެރުންވެސް އެމްޑީޕީގެ ކައުންސިލަރުންނަށް މަނާކުރާ މޭރުމަކުން އެމްޑީޕީން ނޫސްބަޔާނެއް ނެރެފިއެވެ.

އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވަނީ އެމްޑީޕީ އާއި ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިޔާރުތައް އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރެއްވެސް، ކައުންސިލަރެއްވެސް، އެމްޑީޕީގެ އެއްވެސް ޤައުމީ މަޖިލިސް މެމްބަރަކުވެސް އަދި އާއްމު މެމްބަރަކުވެސް ބޭނުން ނުކުރުމަށް ވަރަށް ދަންނަވާކަމަށެވެ.

"އަދި އިދިކޮޅު ހަރަކާތްތަކަށް ބާރުލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި، އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ޤަވާއިދާއި، ދުރޫސުލް އަޚްލާޤުގެ ހަމަތަކުން ބޭރު ކަމެއް ކަމުގައި މެނުވީ ނުވާނެކަމަށްޓަކައި އެކަން ހަނދުމަފުޅުކޮށް އަރުވަމެވެ." އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މި ނޫސްބަޔާން ނެރެފައިމިވަނީ އެމްޑީޕީއަށް ނިސްބަތްވާ ތިން ކައުންސިލަރަކު ހިމެނޭ ވައިކަރަދޫ ކައުންސިލުން އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފައިވަނިކޮށެވެ.

އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިވެސް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ސިފަކުރައްވާގޮތުގައި އެމްޑީއެންގެ ރިޕޯޓް އިދިކޮޅު ފަރާތްތަކުން ބޭނުންކުރަނީ ދީނީ، ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް