މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ޕާކިސްތާނަށް އައި ބިންހެލުމެއްގައި ލިބުނު ގެއްލުންތަކާއި ގުޅިގެން އެޤައުމުގެ ފޮރިން މިނިސްޓަރ މަޚްދޫމް ޝާހު މަޙްމޫދު ޤުރޭޝީއަށް ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރގެ މެސެޖުގައި ވިދާޅުވީ ޕާކިސްތާނުގެ އުތުރުގެ ހިސާބުތަކަށް އައި ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެ އަދި އިމާރާތްތަކަށް ގެއްލުންތައް ލިބުނު ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމަޔާއިއެކު ކަމަށް ވިދާޅުވިއެވެ. އަދި މިހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާކަމަށް ވިދާޅުވެ، މި ޙާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެވުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.
އެގައުމުގެ ގަޑިން އިއްޔެ ހަވީރު 04:02 ގައި އައި އެ ބިންހެލުމުގައި 37 މީހަކު މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ. އެ ބިންހެލުމަކީ ރެކްޓަރ މިންގަނޑުން 5.8 މެގްނިޓިއުޑްގެ ބިންހެލުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް