އަތޮޅުތެރެއަށް މުދަލު ޒަކާތް ބޭހޭނެ ދުވަހެއް ނޭންގެ

އަތޮޅު ތެރޭގައި މުދަލު ޒަކާތް ބަހަން ފެށޭނެ ދުވަހެއް ނޭންގޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު އަތޮޅު ތެރޭގައި މުދަލު ޒަކާތް ބަހަ...

25 Sep 2019 | 09:11

އަތޮޅު ތެރޭގައި މުދަލު ޒަކާތް ބަހަން ފެށޭނެ ދުވަހެއް ނޭންގޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު އަތޮޅު ތެރޭގައި މުދަލު ޒަކާތް ބަހަން ނުފެށުނީ، އަތޮޅުތެރޭގެ ފަގީރުންނާއި މިސްކީނުންގެ ލިސްޓު މުޅިން ފައިނަލް ނުވާތީ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، މުދަލު ޒަކާތް އަތޮޅު ތެރޭގައި ފެށޭނެ ދުވަހެއް ކަނޑައެޅިގެން ބުނަން ނޭގޭ ކަމަށާއި، ނަމަވެސް ލިސްޓް ފައިނަލް  ވުމާއެކެ ފަށާނެކަމަށެވެ.

މިއަދު މާލޭގައި މުދަލުޒަކާތް ބަހަންފަށާއިފައިވާއިރު، 1719 މީހުން ވަނީ ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީވެފައެވެ. ބޮލަކަށް 2000 ރުފިޔާ ބަހަން ނިންމާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

1440 ވަނަ އަހަރު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން މާލޭގައި ރެޖިސްޓްރީވެފައިވާ މީހުންނަށް މުދަލު ޒަކާތުގެ ފައިސާ ބެހުން ކުރިއަށް ދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. މި މީހުންނަށް މިއަދާއި މާދަމާ 9:30 އިން 14:30 އަށް ފައިސާ ދޫކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް