މުދަލު ޒަކާތް ބަހަން ފަށައިފި، ރަޖިސްޓްރީވެފައި ވަނީ 1719 ފަގީރުން

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި 1440 ވަނަ އަހަރު 1719 ފަގީރުން ރެޖިސްޓްރީވެފައިވާއިރު، މިއަދު އެފަރާތްތަކަށް މުދަލު ޒަކާތުގެ ފައިސާ ބަހަން ފަށައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، ފަގީރުންނާ...

25 Sep 2019 | 08:42

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި 1440 ވަނަ އަހަރު 1719 ފަގީރުން ރެޖިސްޓްރީވެފައިވާއިރު، މިއަދު އެފަރާތްތަކަށް މުދަލު ޒަކާތުގެ ފައިސާ ބަހަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި 1719 ފަގީރުން ރެޖިސްޓްރީވެފައިވާ ކަމަށާއި، ބޮލަކަށް 2000 ރުފިޔާ ދޫކުރާނެ ކަމަށެވެ.

މިފަރާތްތަކުގެ ތެރެއިން މާލޭގައި ރެޖިސްޓްރީވެފައިވާ މީހުންނަށް މުދަލު ޒަކާތުގެ ފައިސާ ބެހުން ކުރިއަށް ދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. މި މީހުންނަށް މިއަދާއި މާދަމާ 9:30 އިން 14:30 އަށް ފައިސާ ދޫކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް