ސުޕަރ ކަޕް ނޫޑްލްގެ އަލަށް ތައާރަފްކުރެވުނު ފްލޭވަރސް ތަކާއެކު ޚާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފިއެވެ.
މިއަދު މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު ރަޝާދުއެވެ.
މި ޕްރޮމޯޝަންގައި ބައްލަވައިގަންނަވާ ކޮންމެ ކަޕް ނޫޑްލް ތައްޓެއްގައިވާ ކާޑްގައި އިނާމެއް ހިމެނިފައިވެއެވެ. އެގޮތުން އިނާމުތަކުގެ ތެރޭގައި ވާވެއި މޮބައިލް ފޯނާއި ގޭތެރެއާއި ބަދިގޭގެ ސާމާނުގެ އިތުރުން ކަޕް ނޫޑްލް ކޭހާއި ކަޕްނޫޑްލް ތަށި ހިމެނެއެވެ.
"ސްކްރެޗް އެންޑް ވިން ޕްރޮމޯޝަން" މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު މަހުގެ ނިޔަލަށެވެ.
މި ކަޕް ނޫޑްލް އަކީ ރާއްޖޭގެ ބާޒާރުގައި ހުރި އެންމެ އަގުހެޔޮ ކަޕްނޫޑްލްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް