ފުވައްމުލަކުން ފްލެޓަށް ކުރިމަތިލާން ހުޅުވަލައިފި

ޏ. ފުވައްމުލައިކުގައި ސަރުކާރުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ބާކީ ހުރި ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. ސަރުކާރުން އެރަށުގައި 200 ފްލެޓް އަޅާފައިވާއިރު، ދޫނުކޮށްހުރި 60 ފްލެޓްގ...

25 Sep 2019 | 07:41

ޏ. ފުވައްމުލައިކުގައި ސަރުކާރުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ބާކީ ހުރި ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ސަރުކާރުން އެރަށުގައި 200 ފްލެޓް އަޅާފައިވާއިރު، ދޫނުކޮށްހުރި 60 ފްލެޓްގެ ތެރެއިން މިފަހަރު ދޫކުރަން ހަމަޖެހިފައި ވަނީ 40 ފްލެޓެވެ. އަންނަ މަހުގެ 23 ގެ ނިޔަލަށް ފްލެޓަށް އެދި ހުށަހެޅޭނެ ކަމަށް ފުވައްމުލަކު ކައުންސިލުން ބުނެއެވެ.

ފުވައްމުލަކު ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނެފައި ވަނީ، މިފަހަރު ދޫކުރަން ހަމަޖެހިފައި ވަނީ އެރަށުގެ ރައްޔިތުންނަށް ހާއްސަކުރެވިފައިވާ 35 ފްލެޓާއި، އެރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށް ހާއްސަކުރެވިފައިވާ ކެޓަގަރީގެ ދަށުން ފަސް ފްލެޓް ކަމުގައެވެ.

މީގެ ކުރިން އެރަށުން 140 ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި، ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން ލިބޭ މީހުންގެ ލިސްޓް މިދިޔަ މަހު ވަނީ އާންމުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް