އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ހިނގާލުމެއް ބާއްވަނީ

މިއަހަރުގެ ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ. ޕެންޝަން އޮފީހާއި މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން ގުޅިގެން "ތްރީ ޖެނެރޭޝަން ވޯކ...

25 Sep 2019 | 07:27

މިއަހަރުގެ ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

ޕެންޝަން އޮފީހާއި މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަން ގުޅިގެން "ތްރީ ޖެނެރޭޝަން ވޯކް" ގެ ނަމުގައި އުމުރުން ދުވަސްވީ މީހުންނާއި އާއިލާތައް ބައިވެރިވާ ގޮތަށް މިހިނގާލުން ކުރިއށްގެންދަން ނިންމާފައި ވަނީ 18 އޮކްޓޯބަރު ގައެވެ. އެދުވަހުގެ ހަވީރު 16:00 ން 18:00 އަށް ކުރިއަށްދާ މިހިނނގާލުމުގައި ކުޑަކުދީންނާއި މައިންބައިފައިން އަދި މާމާ/ކާފައިން ހިމެނޭ ގޮތަށް އާއިލާތަކުގެ 3 ޖީލުގެ މީހުންނަށް ބައިވެރިވެވޭނެ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

ޕެންޝަން އޮފީހުން ބުނީ، މިހިނގާލުމުގެ ބޭނުމަކީ އުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮކަމާއި އުފާވެރިކަންމަތީ އުޅުމަށް ކުރެވެން ހުރިކަންކަމާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، އުމުރުން ދުވަސްވީ މީހުން މުޖުތަމައަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. އަދި އެކަމުގެ މުހިންމުކަން ކުޑަކުދިންނާއި ޒުވާނުންނަށް އަންގައިދިނުމާއި، އުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކަމަށް ވެސް އެއޮފީހުން ބުނެއެވެ.

މިހިނގާލުމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުވަތުން ހޯވޭ ނަސީބުވެރި 3 ފަރާތަކަށް 2000ރ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، 3 ޖީލަށް ވުރެ ގިނަ ޖީލުތައް ހިމެނޭ ގޮތަށް ބައިވެރިވާ އާއިލާތަކުގެ މެދުގައި ނެގޭ ގުރުވަތުން ހޮވޭ އާއިލާ އަކަށް 3000ރ އަދި ހިނގާލުމުގައި ބައިވެރިވާ އާއިލާތަކުގެ ތެރެއިން އެންމެ ދޮށީ މީހަކު ހިމެނޭ އާއިލާ އަކަށް 3000ރ ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ހިނގާލުން ފަށާނީ ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުންނެވެ. ހިނގާލުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޕެންޝަން އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް