މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވިޔަފާރިއަކަށް ދޫކޮށްފައިވާ ރެމިޓެންސް އަދި މަނީ ޗޭންޖަރ ލައިސަންސް ހިފަހައްޓައިފިއެވެ.
އެމްއެމްއޭ އިން ހިފަހައްޓާފައި ވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ މާރުކުރުމާއި ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ، ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ރެމިޓަންސް ވިޔަފާރި ލައިސަންސާއި، އެ ކުންފުންޏާ ގުޅުން އޮންނަ ބަނޑަހަ ކެފޭ އަށް ދޫކޮށްފައިވާ މަނީ ޗޭންޖާ ލައިސަންސެވެ.
އެމްއެމްއޭ އިން އިއްޔެ ބުނެފައި ވަނީ ކުރަމުންދާ ތަހުގީގަކަށް މި ދެފަރާތުގެ ލައިސަންސް ހިފަހައްޓާފައި ވަނީ ވަގުތީގޮތުން ކަމަށެވެ. ނަމަވެސް ލައިސަންސް ހިފެހެއްޓި ސަބަބުން އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.
ރެމިޓަންސް ވިޔަފާރި ލައިސަންސުގެ ދަށުން ބަނޑަހަ ކުންފުނިން މާލޭގެ ދެ ތަނެއްގައި ވިޔަފާރިކުރާއިރު، ޗާންދަނީ މަގު އެމްއެފް ބިލްޑިންގެ ގްރައުންޑް ފްލޯ އަދި ހ. ގަލަދުންގޭގެ ގްރައުންޑް ފްލޯގައި ދަނީ ވިޔަފާރި ކުރަމުންނެވެ. އެ ކުންފުންޏަށް ދޫކޮށްފައިވާ މަނީ ޗޭންޖާ ލައިސަންސުގެ ދަށުން، ޗާންދަނީ މަގު އެމްއެފް ބިލްޑިންގެ ގްރައުންޑް ފްލޯގައި އެ ކުންފުނިން ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް ދެމުން ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް