ގއ. ކޫއްޑޫ އަށް މަސްކިރަންދާ މަސްވެރިންނަށް އެސްޓީއޯގެ ފަރާތުން 20 ފީފާ ތެޔޮ ހިލޭ ދޭން ނިންމައިފިއެވެ.
އެސްޓީއޯ އިން މިގޮތަށް ނިންމީ، މިދުވަސްވަރު އުތުރުގައި މަސްވެރިކަން ރަގަޅުވެފައި ދެކުނުގެ މަސްވެރިން އުތުރުން މަސްބާނައިގެން ދެކުނަށް މަސްކިރަން ދިއުމާއި، މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ. މީގެ އިތުރުން މަސްވެރިން ބޭކާރުގޮތުގައި ތެޔޮ އަންދައިގެން މަސްކިރަން ދާ ދިއުމަށް ވެސް ލުޔެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ހޯމަ ދުވަހުން ފެށިގެން ކޫއްޑޫއަށް މަސްކިރަން ދާ މަސްވެރިންނަށް އެސްޓީއޯ އިން ވަނީ ހިލޭ 20 ފީފާ ތެޔޮ ދޫކުރަން ފަށައިފައެވެ.
މި ދުވަސްވަރަކީ ވިއްސާރަ ދުވަސްކޮޅެއް ނަމަވެސް މަސްވެރިކަން ވަރަށް ރަގަޅު ދުވަސްކޮޅެކެވެ. ހާއްސަކޮށް ރާއްޖޭގެ އުތުރުގައި މަސްވެރިކަން ތިޔާގި ކަމަށް ފާހަގަކުރެވެއެވެ. ކޫއްޑޫ އަށާއި ފެލިވަރަށް މަސްކިރަން ދާ ދޯނިފަހަރު ވަނީ ވަރަށް ގިނަވެފައެވެ. ހާއްސަކޮށް ދެކުނަށް މަސްކިރަން ދާ ދޯނިތައް ގިނަ ކަމަށް ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް