ބަރުދަން ލުއި ކުރަން ކޮފީ ތައްޓަށް ލުބޯ ފަނި އަޅާ!

ހެނދުނު ސައި ބުއިމުގެ ކުރިން މޯނިން ކަނޑުވާލުމަށް ކޮންމެ މީހަކުވެސް މިހާރު ބޯލާނީ ކޮފި ތައްޓެކެވެ. ކޮފީން ދުވަހުގެ ފެށުން ރަނގަޅު ކޮށްދޭކަމަށް މީހުން ގަބޫލު ކުރާއިރު އެއީ ބަރުދަން ލުއި ކުރުމަށް އެހީވެ...

25 Sep 2018 | 04:53

ހެނދުނު ސައި ބުއިމުގެ ކުރިން މޯނިން ކަނޑުވާލުމަށް ކޮންމެ މީހަކުވެސް މިހާރު ބޯލާނީ ކޮފި ތައްޓެކެވެ.

ކޮފީން ދުވަހުގެ ފެށުން ރަނގަޅު ކޮށްދޭކަމަށް މީހުން ގަބޫލު ކުރާއިރު އެއީ ބަރުދަން ލުއި ކުރުމަށް އެހީވެދޭ އެއްޗެއް ކަމަށް ގަބޫލު ކުރަން ހެއްޔެވެ؟ ހާއްސަކޮށް ބަރުދަނާއި ދަށް ބަނޑު ލުން ކޮންޓްރޯލް ވާނެ އެވެ.

ދިރާސާއެއްގައި ބުނެފައިވާގޮތުގައި ކޮފީ ބޯއިރު ހަކުރާއި ކިރު ނާޅާށެވެ. ބަދަލުގައި ކޮފީ އާއި ފެނުގެ ތެރެއަށް ލުނބޯ ފަނިކޮޅެއް އަޅާލައިގެން ގިރާލައިގެން ބޯށެވެ.

މިގޮތަށް ކޮފީތަށި ބުއިން އެންމެ ރަނގަޅީ ހެނދުނު ހެނދުނާ ކަސްރަތު ކުރަން ފެށުމުގެ ބައިގަޑި އެއްހާއިރު ކުރިންނެވެ. އެކަމަކު މިގޮތަށް ކޮފީބޯއިރު ތައްޓަށް މާ ގިނައިން ކޮފީ ނޭޅުމަށް ސަމާލުކަން ދޭންޖެހެ އެވެ.

އެއީ ލުބޯ ފަނީގެ ތެރެއަށް މާގިނައިން ކޮފީ އަޅާނަމަ ބޮލުގައި ރިހުމާއި، އަނބުރައި ގަތުމާއި ބަނޑުގަ ރިއްސުން ފަދަ ކަންކަން މެދުވެރިވެދާނެތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް