ކ. ގުރައިދޫ މޮނިޓަރިން އިން ނަގައިފި

ކ. ގުރައިދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ އިއްޔެ އެވެ. އެއީ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ މަރުވެފައި އޮތް މީހަކު ކޯވިޑަށް ޓެސްޓު ކުރި އިރު ޕޮސިޓިވް ވުމ...

25 Aug 2020 | 06:45

ކ. ގުރައިދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.

އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ އިއްޔެ އެވެ. އެއީ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ މަރުވެފައި އޮތް މީހަކު ކޯވިޑަށް ޓެސްޓު ކުރި އިރު ޕޮސިޓިވް ވުމުންނެވެ.

އެޗްޕީއޭއިން ބުނީ އެ ރަށް މޮނިޓަރިންއިން ނެގީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ. އަދި އެޗްޕީއޭއިން ބެލިބެލުމުން އެ ރަށް މޮނިޓަރިންގެ ހާލަތުގައި އިތުރަށް ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު މަސްވެރިކަމުގައި އުޅެނިކޮށް މަރުވި އެ މީހަކު ގެންދިޔައީ ގުރައިދޫއަށެވެ.

އެމީހާ މަސްވެރިކަމުގައި އުޅެނިކޮށް ހާލު ދެރަވެގެން ގުރައިދޫއަށް މަޑުކުރުމަށް ފަހު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް