ދިވެހިރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު ކަމުގައި ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގެ ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަން ކަށަވަރު ކަމަށެވެ.
"2007ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣްލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެހެން" ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
https://twitter.com/maumoonagayoom/status/1297948570146938880
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ބިލެއް، ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު ވަނީ މަޖިލީހަށް ވައްދާފައެވެ.
ޖާބިރު މި ބިލު ވައްދާފައިވާއިރު، ބަރުލަމާނީ ނިޒާމު ގެންނަން ފާޅުގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް