24 ގަޑިއިރު ތެރޭ ކޯވިޑް ޖެހިގެން ދެވަނަ ދިވެއްސަކު މަރުވެއްޖެ

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ ރޭ ފަތިހު 5:11 ހާއިރު ކަމަށް އެޗްއީއޯސީން މައ...

25 Aug 2020 | 03:56

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ ރޭ ފަތިހު 5:11 ހާއިރު ކަމަށް އެޗްއީއޯސީން މައުލޫމާތުދެ އެވެ.

އެމީހާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށެވެ. އެ މީހާ އަކީ ކޯވިޑް ޖެހިގެން ރާއްޖެއިން މަރުވި 28 ވަނަ މީހާ އެވެ.

މި ބަލީގައި ކޮންމެ ދުވަހަކު މީހަކު މަރުވާތާ މިއީ ހަތަރު ވަނަ ދުވަހެވެ. ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ގޯސްވެ ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

ރޭގެ ނިޔަލަށް ކޯވިޑް ޖެހިފައިވާ 171 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު 11 މީހަކަށް ފަރުވާ ދެމުންދަނީ ހާލު ސީރިއަސްވެގެން އައިސީޔޫގައި އެވެ. އަދި އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އަށް މީހުން އޮތީ ވެންޓިލޭޓަރުގައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވެފައިވަނީ 22 ދިވެހިންނާއި ހަ ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހުންނާއި ފިލިޕިންސް މީހެކެވެ.

ރާއްޖެއިން ކޯވިޑް-19 އަށް 6،912 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 4،297 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް