މާލޭގައި އަންހެނެއްގެ އަތުން ފޯނާއި އަތްދަބަސް ފޭރިގަތް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ 18:40 ހާއިރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މީނާ ހައްޔަރު ކޮށްފައިވަނީ ފާށަނާ ކިލޭގެ މަގުން ހިނގާފައިދިޔަ ބިދޭސީއެއްގެ ފޯނާއި، އަތްދަބަސް ފޭރުގަތުމުންނެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ މިހެއް ކަމަށެވެ. އަދި މި މައްސަލަ މިހާރު ތަޙުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މާލޭގައި ފޭރުމާއި ވައްކަމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް