ނޫސްވެރިކަމުގެ އެވޯޑް ދިނުން ސެޕްޓެމްބަރ 15 ގައި

މޯލްޑިވްސް މީޑިޔާ ކައުންސިލް އިން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ އަންނަ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. މިފަހަރުގެ އެވޯޑް ޕްރިންޓް / އޮންލައިން މީޑިއާއާއި، ބްރޮޑްކ...

25 Aug 2019 | 14:00

މޯލްޑިވްސް މީޑިޔާ ކައުންސިލް އިން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ އަންނަ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މިފަހަރުގެ އެވޯޑް ޕްރިންޓް / އޮންލައިން މީޑިއާއާއި، ބްރޮޑްކާސްޓިންގ ދާއިރާއަށް ވަކިން ދިނުމަށް ހަމަޖެހިފައިވާއިރު، 13 ކެޓަގަރީއަކުން އެވޯޑް ދޭނެއެވެ. އެގޮތުން މި 13 ކެޓަގަރީ އަށް ޖުމްލަ 40 ފަރާތެއް ވަނީ މި އެވޯޑަށް ކުރިމަތި ލާފައެވެ.

އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އިޖްތިމާޢީ ދާއިރާ، ސިޔާސީ ދާއިރާ، ވިޔަފާރި، ކުޅިވަރު، ފޮޓޯ ގްރަފީ، ވީޑިއޯ ގްރަފީ އަދި ފީޗަރގެ ދާއިރާ ހިމެނެއެވެ.

މިފަހަރުގެ އެވޯޑް ޙަފްލާއަކީ މިހާތަނަށް ބާއްވާ އެންމެ ކުލަގަދަ ޙަފްލާއަށް ހެދުމަށް މީޑިއާ ކައުންސިލުންދަނީ މަސައްކަތް ކުރަމުންނެވެ. މި އެވޯޑް އޮންނަނީ އަން މަހުގެ 15 ވަނަ ދުވަހުގެ ރޭ 09:00 ގައި ދަރުބާރުގޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް