އެމެރިކާ އަދި ދިވެހި ސިފައިން ގުޅިގެން ތަމްރީނުތަކެއް ފަށައިފި

ދިވެހި ސިފައިންނާއި އެމެރިކާގެ ނޭވީ ސީލް ގުޅިގެން "އެކްސަސައިޒް ފްލޭޝް މެޓަލް 19-01" އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް، ލ.ކައްދޫގައި މިއަދު ފަށައިފިއެވެ. މިއަދުން ފެށިގެން އަންނަ މަހުގެ 1...

25 Aug 2019 | 12:32

ދިވެހި ސިފައިންނާއި އެމެރިކާގެ ނޭވީ ސީލް ގުޅިގެން "އެކްސަސައިޒް ފްލޭޝް މެޓަލް 19-01" އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް، ލ.ކައްދޫގައި މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "އެކްސަސައިޒް ފްލޭޝް މެޓަލް" ފެށުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ހެޑްކުއޯޓަރޒް ލ.ކައްދޫގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް މިއަދު ބާއްވާފައެވެ.

އެއްގަމާއި ކަނޑުގެ ސަރަޙައްދުތަކުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީނުތައް ކުރިއަށްދަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، ކައްދޫގައެވެ. އަދި މި ތަމްރީނުތަކުގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއާއި އެމްއެންޑީއެފް މެރިންކޯ އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ބައިވެރިވެއެވެ. އޭގެ އިތުރުން މުދައްރިބުންގެ ގޮތުގައި އެމެރިކާގެ ނޭވީ ސީލްގެ ސިފައިން މި ތަމްރީނުތަކުގައި ހަރަކާތްތެރިވެއެވެ.

މި އެކްސަސައިޒް ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އޮފިސަރުންނާއި، އެމެރިކާ އަސްކަރިއްޔާގެ ނޭވީ ސީލްގެ ސިފައިންގެ އިތުރުން އެކްސަސައިޒްގައި ބައިވެރިވާ ދިވެހި ސިފައިން ވެސް ބައިވެރިވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް