ޢީދު ޗުއްޓީއަށް ފަހު އަނެއްކާވެސް ސްޓީކާ ޖެހި އަދަދު ގިނަވެއްޖެ

ބޮޑު ޢީދު ޗުއްޓީއަށްފަހު އަނެއްކާވެސް ނުގަވާއިދުން ޕާކުކުރި އުޅަނދުތަކުގައި ސްޓިކާ ޖެހި މިންވަރު ބޮޑުތަނުން އިތުރުވެއްޖެއެވެ. ޢީދު ބަންދުތެރޭގައި ސްޓީކާ ޖެހި މިންވަރު ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. ...

25 Aug 2019 | 08:30

ބޮޑު ޢީދު ޗުއްޓީއަށްފަހު އަނެއްކާވެސް ނުގަވާއިދުން ޕާކުކުރި އުޅަނދުތަކުގައި ސްޓިކާ ޖެހި މިންވަރު ބޮޑުތަނުން އިތުރުވެއްޖެއެވެ.

ޢީދު ބަންދުތެރޭގައި ސްޓީކާ ޖެހި މިންވަރު ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ. ފުލުހުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފްތާގެ ތެރޭގައި ޖުމްލަ 769 ސްޓިކާ ވަނީ ޖަހާފައެވެ. ޢީދު ބަންދުގައި ނުގަވާއިދުން ޕާކުކޮށްގެން ސްޓިކާ ޖަހާފައި ވަނީ އެންމެ 44 އުޅަނދުގައެވެ.

ގަވާއިދާ ހިލާފަށް ޕާކުކުރާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250ރ. އިންނެވެ. އެކަން ތަކުރާރު ކޮށްފިނަމަ ދެވަނަ ފަހަރު 500ރ. އިން ޖޫރިމަނާކޮށް އަދި ތިން ވަނަ ފަހަރު 750ރ. އިން ޖޫރިމަނާކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް