މާފަންނު މަދުރަސާ ކުދިންނާ ބައްދަލުކޮށްލުމަށް ރައީސް އެސުކޫލަށް

މާފަންނު މަދުރަސާގެ ތުއްތުކުދިންނަށް މިދުވަސްކޮޅު ކިޔަވައިދެމުންދާ ޤައުމިއްޔަތާ ބެހޭ ފިލާވަޅުގައި އެކުދިންނަށް އެހީތެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ސުކޫލަށް ޒިޔާރަތް ކުރައްވައިފިއެވެ....

25 Aug 2019 | 08:03

މާފަންނު މަދުރަސާގެ ތުއްތުކުދިންނަށް މިދުވަސްކޮޅު ކިޔަވައިދެމުންދާ ޤައުމިއްޔަތާ ބެހޭ ފިލާވަޅުގައި އެކުދިންނަށް އެހީތެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ސުކޫލަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އެ ސުކޫލަށް ވަޑައިގަތުމުން، އެ ސުކޫލުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ޒިޔާރަތަކީ އެ ސުކޫލުން ރައީސަށް ދެއްވި ހާއްސަ ދައުވަތަކަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތެކެވެ. މިއަދު ހެނދުނު ކުރެއްވި މިޒިޔާރަތުގައި އެމަނިކުފާނު ވަނީ ސްކޫލުގެ އެކި ކްލާސްތަކަށް ވަޑައިގެން އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

https://twitter.com/presidencymv/status/1165494687618088960

ދަރިވަރުން ވަނީ އެމަނިކުފާނަށް ހަނދާނީ ފިލައެއް ވެސް އަރުވާފައެވެ.

މި ދުވަސްކޮޅަކީ އެ ސްކޫލުގެ ތުއްތުކުދިންނަށް ޤައުމިއްޔަތާއިބެހޭ އެކިއެކި މައުލޫމާތު ހިމެނޭ ފިލާވަޅުތައް ނަގައިދެމުންދާ ދުވަސްވަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް