ހުއްޓުމެއްނެތި ހޯދަމުންދާތާ ހަފްތާއެއް ވީއިރުވެސް ގެއްލުނު ޗައިނާ ފަތުރުވެރިޔާ ނުފެންނަ ކަމަށް އެމްއެންޑިއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، އެމީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ ފަތުރުވެރިޔާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.
41 އަހަރުގެ އަންހެން ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ސީޖީ ސްކޮއާޑްރޯން ގެ ޑައިވަރުންނާއި، ކޯސްޓްގާޑް ޝިޕް ޝަހީދް އަލީ އިން އަންނަނީ އަދިވެސް ކުރަމުންނެވެ.
ގެއްލުނު ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ހުދުކުލައިގެ ރޭޝްގާޑް ސޫޓެކެވެ. އަދި ހުދު ކުލައިގެ ފިންސަކަށް އަރާފައިވާއިރު، ކަޅުކުލައިގެ ބޯޔަންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް އެ އަންހެން މީހާ އަޅައިގެންހުރި ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
OCA M7 S ނަމަކަށް ކިއުނު ސަފާރީއެއްގައި މި އަންހެން މީހާ ޑައިވްކުރަން ފޭބީ 22 ގެސްޓުން ހިމެނޭ ގުރޫޕެއްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް