ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ތައިލެންޑަށާއި ސްރީލަންކާއަށް ފުރާވަޑައިގަންނަވައިފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ފުރާވަޑައިގެންފައިވަނީ މިއަދު ހެނދުނު އެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންމެރިންކޯގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އަދި ޑައިރެކްޓްރޭޓް އޮފް އެޑްމިނިސްޓްރޭޝަން އެންޑް ޕަރސަނަލް ސަރވިސަސް (ޖޭ1) ގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް ޙުސައިން ޢަލީ ވަނީ ޗީފް އޮފް ޑިފެންސް ފޯސްއަށް އަލްވަދާޢު ވިދާޅުވެފައެވެ.
މި ދަތުރުފުޅުގެ ތެރޭގައި އެންމެ ފުރަތަމަ ޗީފް އޮފް ޑިފެންސް ފޯސް، ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހު 26 އިން 28 އަށް ތައިލެންޑުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ދަ އެނުއަލް ޗީފް އޮފް ޑިފެންސް ކޮންފަރެންސް" ގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
އެއަށްފަހު މިމަހު 29 އިން 30 އަށް ސްރީލަންކާގެ ކޮލޮމްބޯގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ދަ ކޮލޮމްބޯ ޑިފެންސް ސެމިނަރ" ގައި ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް