ކައްގަނޑު ފެޅެނީ ކީއްވެ ! ހައްލަކީ ކޮބާ !

ޖީންސް، ފަޓުލޫން، ސޯޓު އަދި ހަރުވާޅު އުފައްދާ ކުންފުނިތަކުންވެސް އިއްތިފާގުވާގޮތުގައި ކައްގަނޑު ފެޅުމަކީ ބޮޑު މައްސަލައެކެވެ. އަދި އެކަމަށް ހައްލު ހޯދުމަށް އެ ކުންފުނިތަކުންވެސް އެކި ދިރާސާތައް ކުރެއެ...

25 Aug 2019 | 05:55

ޖީންސް، ފަޓުލޫން، ސޯޓު އަދި ހަރުވާޅު އުފައްދާ ކުންފުނިތަކުންވެސް އިއްތިފާގުވާގޮތުގައި ކައްގަނޑު ފެޅުމަކީ ބޮޑު މައްސަލައެކެވެ. އަދި އެކަމަށް ހައްލު ހޯދުމަށް އެ ކުންފުނިތަކުންވެސް އެކި ދިރާސާތައް ކުރެއެވެ.

ކައްގަނޑު ފެޅެނީ ކީއްވެ؟

އެއް ޖަވާބެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވަނީ ކައްގަނޑަށް ކުރުވެފައި ފަލަމަސްގަނޑު ބޮޑުވުމެވެ. ނަތީޖާއަކަށްވަނީ ކައްގަނޑު އަބަދު ފަލަމަސްގަނޑުގައި ކޭތި ކޭތި ހުރުމެވެ. އަދި އެ ކޭތުންތަކަށް ފޮއްޗަށް ނުކަތައިގެން ފަޅައިގެންދަނީކަމަށްވެއެވެ.

ދެވަނަ ކަމަކީ ހިނގުމުގައި ބޭނުންކުރާ ސްޓައިލެވެ. ދެފައި ގާތްކޮށްގެން ހިނގާނަމަ ކައްގަނޑު ފަޅައިގެން ދިއުމުގެ ފުރުސަތު ބޮޑުވެއެވެ.

ތިންވަނަ ކަމަކީ އަންނައުނު މާ ބާރުވުމެވެ. އަދި ހަތަރުވަނަކަމަކީ ފޮތީގެ ކޮލިޓީ ދަށްވުމެވެ. ނުވަތަ ފޮތި ތުނިވުމެވެ.

ހައްލަކީ ކޮބާ ؟

މިކަމުގެ އެއް ހައްލަކީ ކައްގަނޑާ ދިމާއިން އެތެރޭގައި އިތުރު ފޮތި ލޭޔަރެއް ލުމެވެ. ނުވަތަ ގަންނައިރު ކޮލިޓީރަނގަޅު ފޮއްޗެއްތޯ ކަށަވަރުކުރުމެވެ.

ދެވަނަ ކަމަކީ ހެޔޮވަރު ނުވަތަ ތަންކޮޅެއް ދޫ ސައިޒެއްގެ އަންނައުނު ހިޔާރު ކުރުމެވެ. އަދި ނުދޮވެ ގިނަ ދުވަހު އެކައްޗެއް ލާނަމަ ބެކްޓީރިއާ އުފެދި ފޮތީގެ ވަރު ދެރަވާގޮތްވާއިރު ނުދޮވެ ގިނަ ދުވަހު އެކައްޗެއް ލުން ރަނގަޅެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް