ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ސަޕްލިމެންޓަރީ ބަޖެޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއްކަން އެނގިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުއްވި ސަޕްލިމެންޓަރީ ބަޖެޓް އެއް ދުވަސް ތެރޭގައި ފާސްކޮށްދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ފޮނުއްވީ، މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ ހިނގާނެ ޚަރަދުތައް އިތުރުވެދާނެތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް