ދަތް އުނގުޅާ ބުރުސް ބަދަލުކުރަނީ ކިތައް ދުވަހުން؟

ދަތް އުނގުޅާ ބުރުހަކީ ޖަރާސީމުން ފުރިގެންވާ އެއްޗެކެވެ. އަނގަޔަށް ލައިގެން ދަތްތަކުގައި ހާކާއިރު ޖަރާސީމުގެ މިންވަރު ވަރަށް ވެސް ގިނައެވެ. ދަތް އުނގުޅާ ބުރުހެއްގައި 10 މިލިއަނަށްވުރެ ގިނަ ބެކްޓީރިއާ ހ...

25 Aug 2019 | 05:27

ދަތް އުނގުޅާ ބުރުހަކީ ޖަރާސީމުން ފުރިގެންވާ އެއްޗެކެވެ. އަނގަޔަށް ލައިގެން ދަތްތަކުގައި ހާކާއިރު ޖަރާސީމުގެ މިންވަރު ވަރަށް ވެސް ގިނައެވެ. ދަތް އުނގުޅާ ބުރުހެއްގައި 10 މިލިއަނަށްވުރެ ގިނަ ބެކްޓީރިއާ ހުންނާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

އެހެންކަމުން ސުވާލަކީ ދަތް އުނގުޅާ ބުރުސް ކިހާ އަވަސް އަވަހަކަށް ބަދަލުކުރަން ހެއްޔެވެ؟

ބައެއް މީހުންނަކީ ހަފްތާއަކު އެއްފަހަރު ބުރުސް ބަދަލުކުރާ ބައެކެވެ. އަނެއްބައި މީހުން ހަ މަސް ވާއިރުވެސް ބުރުސް ބަދަލު ނުކުރެއެވެ.

ޑެންޓިސްޓުން ލަފާދޭގޮތުގައި ކޮންމެ ތިން މަހަކުން އެއްމަހު ދަތް އުނގުޅާ ބުރުސް ބަދަލުކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެހާ އަވަސް އަވަހަށް ހަފްތާއަކު އެއް ފަހަރު ބަދަލުކުރުން އެހާ މުހިންމެއް ނޫނެވެ. ނަމަވެސް ސިއްޙަތައް ވަރަށް ބޮޑަށް ބަލައިގެން އުޅޭ މީހެއް ނަމަ ހަފްތާއަކު އެއް ފަހަރު ބުރުސް ބަދަލުކުރުމަކުން މައްސަލައެއް ނޫނެވެ.

މާ ބޮޑަށް ބަލިވެ އުޅޭ ނަމަ ހަފްތާއަކު އެއްފަހަރު ބުރުސް ބަދަލުކުރަން ޑެންޓިސްޓުން ލަފާދެއެވެ.

ތިން މަހަކީ ބުރުހެއް ބޭނުންކުރަން އެންމެ ގިނަ މުއްދަތެވެ. ރަނގަޅީ އެއަށްވުރެ ގިނަ ދުވަހު ބުރުސް ބޭނުން ނުކުރުމެވެ. ހަމައެކަނި ފެންފޮދަކުން ދޮވެލާ ބުރުސް ކޮންމެ ދުވަހަކު އަނގަޔަށް ލައިގެން ގެންގުޅޭއިރު، އޭގެ ސަބަބުން އަނގައިގެ އެތެރެ އަދި ހިރުގަނޑަށް ޖެހިދާނެ ބައްޔަކާ ދޭތެރޭ ވެސް ވިސްނައިލަން ޖެހެއެވެ.

މާ ގިނަދުވަހު ބުރުސް ބޭނުންކުރާ ނަމަ، އަނގައިގައި ފޮޅު ނަގައި، ދަތްތަކާއި ހިރުގަނޑާއި ގުޅިފައި އިންނަ ހިސާބު ދުޅަވުން އަދި ތުންފަތް ދުޅަވުން ފަދަ ކަންކަން މެދުވެރިވާނެ ކަމަށް ޑެންޓިސްޓުން ބުނެއެވެ. އެހެންކަމުން މިކަންކަމާއި ދޭތެރޭ ވިސްނައިލުން ވަރަށް މުހިންމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް