ސަނީ ލިއޯން ދަރިފުޅަށް ހޯމްވޯކް ހަދައިދޭ ފޮޓޯއެއް ވައިގައިހިފައިފި

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް، ސަނީ ލިއޯން އޭނާގެ ދަރިފުޅަށް ހޯމްވޯކް ހަދައިދޭ ފޮޓޯއެއް ވައިގައި ހިފައިފިއެވެ. ހުކުރު ދުވަހު ސަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓަށް އަޕްލޯޑްކުރި މި ފޮޓޯ ދާދި އަވަހަށް...

25 Aug 2019 | 04:13

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް، ސަނީ ލިއޯން އޭނާގެ ދަރިފުޅަށް ހޯމްވޯކް ހަދައިދޭ ފޮޓޯއެއް ވައިގައި ހިފައިފިއެވެ.

ހުކުރު ދުވަހު ސަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓަށް އަޕްލޯޑްކުރި މި ފޮޓޯ ދާދި އަވަހަށް ފޭނުންގެ މެދުގައި ވަނީ މަގްބޫލުކަން ހޯދާފައެވެ.

https://www.instagram.com/p/B1gvHTnBd9T/?utm_source=ig_embed

ދުބާއީ ގައި އާއިލާ އާއި އެކު ޗުއްޓީ ހޭދަކުރަމުން ދާ ސަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި މި ފޮޓޯ ހިއްސާ ކުރަމުން ބުނެފައި ވަނީ، ޗުއްޓީގައި ހުރި ނަމަވެސް ގަބޫލުކުރާގޮތުގައި ދަރިފުޅަށް  ވަގުތު ދޭން ޖެހޭ ކަމުގައެވެ. އަދި ދަރިފުޅަށް އެސައިންމެންޓް ހަދަން އެހީތެރިވެދެނީ ކަމަށް ބުނެ ފޮޓޯގެ ފަހަތުން ބުރްޖް ޚަލީފާ ފެންނަ ކަމަށް ވެސް ސަނީ ވަނީ ފާހަގަކޮށްފައެވެ.

އެ ފޮޓޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ފޭނުންގެ މެދުގައި ސަނީ އަކީ ދަރިންދެކެ ލޯބިވާ މަންމައެކެވެ. އެ ފޮޓޯގެ ފަހުން ސަނީގެ ގިނަ ފޭނުން ދަނީ އެކަން ފާހަގަކުރަމުންނެވެ.

އުމުރުން 38 އަހަރުގެ ސަނީގެ ތިން ކުދިން ތިބެއެވެ. ބޮޑު އަންހެން ދަރިފުޅު ނިޝާ ކޯރް އަކީ އެޑޮޕްޓް ކުރި ކުއްޖެކެވެ. ދާދި ފަހުން އޭނާ އަށް ވަނީ ޓްވިންސެއް ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް