މި އަހަރުވެސް ފޯނެއްގައި އެންމެ މޮޅު ކެމެރާ ހަރުކުރާނެ ކަމަށް ބެލެވެނީ ވާވޭއިން !

ސްމާޓް ފޯނު ދުނިޔޭގައި މިހާރު އެންމެ ވާދަކުރާ ކުންފުނިތަކަކީ އެޕަލް އާއި ސެމްސަންގާއި ވާވޭއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ވާވޭއިންވެސް އަންނަނީ މިކަމުގައި ބޮޑު ބިޔަ ދެ ކުންފުންޏަށް ވަރުގަދަ ފައިޓެއް ...

25 Aug 2019 | 03:00

ސްމާޓް ފޯނު ދުނިޔޭގައި މިހާރު އެންމެ ވާދަކުރާ ކުންފުނިތަކަކީ އެޕަލް އާއި ސެމްސަންގާއި ވާވޭއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ވާވޭއިންވެސް އަންނަނީ މިކަމުގައި ބޮޑު ބިޔަ ދެ ކުންފުންޏަށް ވަރުގަދަ ފައިޓެއް ދެމުންނެވެ.

ކޮންމެ އަހަރަކުވެސް ވާދަވެރި މި ކުންފުނިތަކުން އަންނަނީ އެމީހުންގެ ފްލެގްޝިޕަށް ފޯނުތައް އިތުރުކުރަމުންނެވެ. މާރިޗް 8ގައި ސެމްސަންގް ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް އަދި އެސް 10 އީ ނެރެފައިވާއިރު މި މަސް ތެރޭގައި އެ ކުންފުނިން މިވަނީ ސެމްސަންގް ނޯޓް 10 އަދި ނޯޓް 10 ޕްލަސް ނެރެފައެވެ. ފަހުގެ އެތައް ޓެކްނޮލޮޖީ ތަކާއެކުގައެވެ.

އާންމުގޮތެއްގައި އެޕަލް އިން އެ ކުންފުނީގެ "ބޮޑު އުފެއްދުން" ލޯންޗު ކުރަނީ ސެޕްޓެމްބަރު މަހުގައެވެ. ބެލެވޭގޮތުގައި އައިފޯނު 11 އަދި އައިފޯނު 11، 11 ޕްރޯ އަދި 11 ޕްރޯ މެކްސް ލޯންޗު ކުރާނީ ސެޕްޓެމްބަރު 10ގައެވެ.

މިހާތަނަށް ލީކުވެފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު އައިފޯނު 11ގައި އެންމެ މޮޅުވާނެ އެއް ފީޗާއަކަށް ވާނީ އެ ފޯނުގެ ކެމެރާއެވެ.

އެގޮތުން ­މިހާތަނަށް ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އައިފޯނު 11ގައި ހިމެނޭނީ ލޯލައިޓް ފޮޓޯގްރަފީއަށް އިތުރަށް ފައްކާ ކުރެވިފައިވާ އަދި އާޓިފިޝަލް އިންޓެލިޖެންސް އޭގައި ހިމެނޭ، ވީޑިއޯގްރަފީއަށްވެސް ހާއްސަ ސަމާލުކަމެއް ދޭ ކެމެރައަކަށެވެ. ކެމެރާ އެޕްއިން ވީޑިއޯ ކުރާ ވަގުތުވެސް އެޑިޓިން ފީޗާސްތައް ބޭނުން ކުރެވޭނެ ކަމުގެ ވާހަކައަކީވެސް ފެންމަތިވެފައިވާ ވާހަކައެކެވެ.

ކުރިން ނެރެފައިވާ ފޯނުތަކަށްވުރެ ހުރިހާ ގޮތަކަށްވެސް އައިފޯނު 11 ގެ ކެމެރާ ކޮލިޓީ ރަނގަޅުވާނެ ކަމަށް ބެލެވޭއިރު އެކަމަށް ގޮންޖަހާލުމަށް ވާވޭއިން ތައްޔާރުވަމުން އަންނަ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެގޮތުން ފެންމަތިވެފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު ވާވޭއިން ދެން ނެރޭ "މޭޓް 30 ޕްރޯ"ގައި ހިމަނާ ކެމެރާއަކީ ފޯނެއްގައި މި އަހަރު ހިމަނާނެ އެންމެ މޮޅު ކެމެރާއެވެ.

އެކަމަށް ހެކިދޭ އެއް ކަމަކީ ކެމެރާއާއި ގުޅުންހުރި އާ ޕެޓެންޓްތަކެއް ވާވޭއިން ރަޖިސްޓްރީ ކުރަމުން އަންނަ ކަމެވެ.

މިހާތަނަށް ފެންމަތިވެފައިވާ މައުލޫމާތުތަކަށް ބަލާއިރު ވާވޭ މޭޓް 30 ޕްރޯގައި ހިމެނޭނީ "ކުއަޑް-ލެންސް (ހަތަރު ލެންސް)" ކެމެރާ ސިސްޓަމެކެވެ. އޭގައި 40 މެގަޕިކްސެލް އެކުލެވޭ ދެ ލެންސް ހިމެނޭނެއެވެ. މީގެ އިތުރުން އަށް މެގަޕިކްސެލްގެ 5x  ޒޫމް ކެމެރާއެއްވެސް ހިމެނޭނެއެވެ.

ވާވޭގެ މި އުފެއްދުން އެޕަލްގެ އައިފޯނު 11 ގެ ކުރިން ލޯންޗު ކުރާނެ ކަމަށްވެސް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް